ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 ދަތުރު

airport
STO_Ads
TTH_Ads
Advertisement

މިދިޔަ އަހަރު ބައިނަލްއަޤްވާމީ އެއާލައިންތަކުން ރާއްޖެއަށް 15،000 އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު %3.6 އިތުރު އަދަދެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީއިން ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް ބައިނަލްއަޤްވާމީ އެއާލައިންތަކުން 15،689 ދަތުރު ކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 15،143 ދަތުރެވެ. އެހެންކަމުން މިއީ، %3.6 އިތުރު އަދަދެކެވެ.

MMA_Ads
HajjCop_ads
Advertisement

މި ރިޕޯޓުން ދައްކާ ގޮތުން މި މުއްދަތުގައި ޝެޑިއުލް ކޮށްގެން ރާއްޖެ އައިސްފައިވަނީ 14،400 ދަތުރެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޝެޑިއުލް ކޮށްގެން ރާއްޖެ އައިސްފައިވަނީ 13،896 ދަތުރެވެ. އެހެންކަމުން މިއީ %3.6 އިތުރުވުމެކެވެ.

ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރ ފްލައިޓްތައްވެސް ދަނީ އިތުރުވަމުންނެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް މިގޮތަށް ރާއްޖެއަށް 1،289 ދަތުރު ވަނީ ކޮށްފައެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 1،247 ދަތުރެވެ. އެހެންކަމުން މިއީ %3.3 އިތުރު އަދަދެކެވެ.

ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު ރާއްޖެއަށް ދަތުރު ކުރާ ގިނަ އެއާލައިންތަކަކުން ދަނީ އެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރު ކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމާއިއެކު މިހާރު ރާއްޖެއަށް ދަތުރު ކުރާ ބައިނަލްއަޤްވާމީ ހުރިހައި އެއާލައިނެއްގެ އޮޕަރޭޝަންސްތައް ވަނީ އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ އިން ބޭންކްތަކަށް %25 އިތުރަށް ޑޮލަރު ދޫކުރަނީ

mma

ފައިނޭންޝަލް އެކްސްޕޯ: މާލީ ދާއިރާގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު

MMA

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާކަން އައި.އެމް.އެފް އިން ފާހަގަކޮށްފި

mma

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި