ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާސާއެއްގައި ޣައިރު ދީން އޮންނަން ފެނޭތޯ ސުވާލުނުކުރަން: އެޗްއާަރްސީއެމް

HRCM

އެ ކޮމިޝަަނުން ކުރިއަށްގެންދާ އެއްވެސް ދިރާސާއަކަށް ހަދާ ސާވޭއެއްގައި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއް އޮންނަން ފެނޭތޯ ސުވާލުކޮށްފައިނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން ކުރިއަށްގެންދާ ދިރާސާއެއްގެ ސާވޭގައި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ފުރުސަތު ދިނުމާމެދު ފެންނަ ގޮތެއް އޮޅުންފިލުވުމަށް ސުވާލުކުރާ ކަމުގެ ތުހުމަތު މީސްމީޑިޔާގައި އާއްމުވުމާ ގުޅިގެން އިއްޔެ އެ ކޮމިޝަނުންވަނީ ބަޔާނެއް ނެރެފައެވެ.

ކޮމިޝަނުން ނެރުނު ބަޔަނުގައި ބުނެފައިވަނީ ކޮމިޝަނުން ކުރިއަށްގެންދިޔަ އެއްވެސް ދިރާސާއެއްގައި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އިތުރު ދީނެއް އޮންނަން ފެނޭތޯ ސުވާލުކޮށްފައިނުވާނެ ކަމަށާއި، އެފަދަ ސުވާލެއް ދިރާސާއެއްގައި ހިމެނިކަމަށް ދެކެވޭ ވާހައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންކޮށްފަައިވަނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަދި އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީން މަނާކޮށްފައި އޮތް އެއްވެސް ކަމެއް ހުއްދަކުރުމަށް ނުވަތަ އެފަދަ ކަމެއް ކުރުމަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެ ކޮމިޝަނުގެ ދިރާސާއެއްގައި ބަޔާންކޮށްފައިނުވާނެ ކަމުގައިވެސް އެޗްއާރްސީއެމުން ބުންޏެވެ.

އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިތުރަށް ރާއްޖެއިން ސޮއިކޮށް އިގުރާރުވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ އިންތަކުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތްތައް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދިނުމާއެކު، އެ ކޮމިޝަނުން ބުނެފައިވަނީ ހުރިހާ ކަމެއްގައި އެ ކޮމިޝަނުން އިސްކުރާނީ އިސްލާމީ ޝަރީއަތާއި، ދިވެހި ދައުލަތުގެ ގާނޫނުއަސާސީއާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތުތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި

447067 36f1ca79 8

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ ނައިބަކަށް ޝަފީޤް ޢައްޔަންކުރައްވައިފި