ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ: ޝަހީމް

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން ފަސްވަނަ އަދި ހަވަނަ މިސްކިތް މިއަދު ހުޅުވާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ މަޝްރޫޢުތަކާއި ހެޔޮ އެދޭ އަމިއްލަ ފަރާތްތަކުން ބިނާކުރާ 4 މިސްކިތެއް ހިމެނެއެވެ.

މިއަދު އަލަށް ހުޅުވި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތަކީ އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުގެ ޚަރަދުގައި ބިނާކުރި “މަސްޖިދުއްރައްޔާން” އެވެ. 500 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީވެސް ސްޓޭޓް މިނިސްޓަރެވެ.

އައްޑޫ ސިޓީގައި މިސްކިތެއް ހުޅުވާފައިވާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރި “މަސްޖިދުލްއީމާން”ވެސް ވަނީ ހުޅުވާފައެވެ. ތިން ފްލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ. މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ