ކުއްލި ޚަބަރު

ފުލުހުންގެ ވަޒީފާއިން ރިޓަޔާކޮށް ދައުލަތުގެ މަގާމްތައް ފުރުއްވާނަމަ ޕެންޝަން ނުލިބޭގޮތް ހަދައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ބަންދުން ދޫކޮށްލައިފި

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް މަރާލި ދައުވާލިބުނު ކުއްޖާއަށް 12 އަހަރުގެ ޖަލު ހުކުމް

ފުލުހުންގެ ވަޒީފާއިން ރިޓަޔާކޮށް ދައުލަތުގެ މަގާމްތައް ފުރުއްވާނަމަ ޕެންޝަން ނުލިބޭގޮތް ހަދައިފި

990

ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ ފުލުހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ގަވައިދު އިސްލާހުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި، ފުލުހުންގެ ރިޓަޔާމެންޓް ގަވައިދަށް ގެންނައި އިސްލާހުގައި ވަނީ، ރިޓަޔާ ކުރާ ފުލުހުންނަށް ދޭ އިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެ މަގާމުގައި ނުވަތަ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔާމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑާލަންވާނެ ކަމަށެވެ.

އެ އިނާޔަތް މެދުކަނޑާލުމަށްފަހު ރިޓަޔާމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ދޭނީ ރިޓަޔާވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައިވެއެވެ.

ރިޓަޔާވެފައިވާ ފުލުހަކު އިންތިޚާބީ މަގާމަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ހަވާލުވުމަށްފަހު، އެ ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ ރިޓަޔާމެންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ފުލުހުންގެ ރިޓަޔާމަންޓް އިނާޔަތް ނުވަތަ އާ ވަޒީފާއިން ލިބޭ އިނާޔަތް އިޚުތިޔާރު ކުރަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.

އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފައެވެ.

މި ސަރުކާރުން ކުންފުނިތަކަށް އައްޔަންކޮށްފައިވާ ރިޓަޔާޑް ފުލުހުންގެ ތެރޭގައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއާއި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން ހިމެނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ސަރުކާރުން އަންނަނީ ޕެންޝަނާ ބެހޭ އުސޫލުތައް ހަރުދަނާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ޚިދުމަތަކީ ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް: އިޙްސާން

778

ފުލުހުންނަށް އާންމުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނަން: ފުލުހުން

117

މަސްތުވާތަކެއްޗާއެކު ބިލެތްދޫން ދެ މީހަކު ހައްޔަރުކޮށްފި

Mal

36 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

TTH_advertisement