ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޅި ހުޅަނގު އައްސޭރި ރެއިޑްކޮށް އިސްތިއުމާރީ ސިފައިންނާއި، ޔަހޫދީ ވަޒަންވެރިން ހިންގާ ޖަރީމާތައް ފުޅާކޮށްފި

އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ އަވަށެއް ރެއިޑް ކުރަނީ:

ޣައްޒާގައި ހިންގާ އުދުވާނުތައް ހުއްޓާނުލާ ކުރިއަށް ގެންދާއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި އިސްތިއުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް އިހުނަށްވުރެ ފުޅާކޮށް އަނިޔާވެރިކަން އިތުރު ކޮށްފިއެވެ.

އަސްކަރީ އޮޕަރޭޝަންތަކުގެ ނަމުގައި އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގައި ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާއިރު، ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރިންވެސް ގެންދަނީ އެމީހުން ހިންގާ ޖަރީމާތައް ފުޅާކުރަމުންނެވެ.

އެގޮތުން، އިސްތިއުމާރީ ސިފައިންގެ ހިމާޔަތުގައި ތިބެ ހަތިޔާރާއެކު ރަށުތެރެއަށް ނުކުމެ، އާންމުންގެ ގެތަކާއި މުދަލުގައި ހުޅުޖަހައި، އާއިލާތައް ގެތަކުގައި ތިއްބައި ހަމަލާދީ ދިނުމާއި، އާއިލާތަކަށް ބިރުދައްކައިގެން ގެތަކުން ނެރެ އެ ގެތަކަށް ވެރިވެގަތުމުގެ ޖަރީމާތައްވެސް ހިންގަމުން އެބަ ގެންދެއެވެ.

އަދި ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީންގެ ޕޯސްޓްތައް ޖަހަމުން އެބަގެންދެއެވެ.

އިސްތިއުމާރީ ސިފައިންނާއި، ޔަހޫދީ ވަޒަންވެރިން މި ޖަރީމާތައް ފުޅާކުރަމުން ގެންދާއިރު، ހުޅަނގު އައްސޭރީގެ ނޫރު ޝާމް ރެފިއުޖީ ކޭމްޕްގައި ހަދާފައިވާ 25 އިމާރާތެއް ތަޅާލުމުގެ ހުއްދަ އިސްތިއުމާރީ އިސްރާއީލުގެ ސުޕްރީމް ކޯޓުން މިއަދުވެސް ދީފައި ވެއެވެ.

މި އިމާރާތްތައް ތަޅާލައިފިނަމަ 70 އާއިލާއެއް މަގުމަތި ވާނެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގެ އަވަށްތަކުން އާންމުން ގަދަކަމުން އެމީހުންގެ ގެދޮރުން ނެރެ މަގުމަތިކޮށް، އެ ގެތަކާއި އިމާރާތްތަކަށް އިސްތިއުމާރީ ބާރުން ގެންދަނީ ވެރިވެގަންނަމުންނެވެ.

ގެތަކާއި އިމާރާތްތަކުން އާންމުން ނެރެ މަގުމަތި ކުރާއިރު، އެ އައިލާތަކުގެ ގެއިން އެއްޗެއް ނެރެންވެސް ދެނީ ވަރަށް ކުޑަ މުހުލަތެކެވެ.

ގެތަކާއި، އިމާރާތްތަކުން އާއިލާތައް ނެރެ މަގުމަތިކޮށް، އާންމުންނަށް ބިރު ދައްކައި ދަތިކުރަމުން ގެންދާއިރު، ހަމަލާދީ އާންމުން ޝަހީދުކުރުންވެސް ކޮންމެ ދުވަހެއްގެ އާދަޔަކަށް ހަދާފައި ވެއެވެ.

އެގޮތުން، ހުޅަނގު އައްސޭރީގެ އެތައް ރަށެއް މިއަދުވެސް ރެއިޑްކުރަމުން އެބަ ގެންދެއެވެ. މި ރެއިޑްތަކުގައި އެތައް ޒުވާނުންނެއްވެސް ގެންދަނީ ހައްޔަރު ކުރަމުންނެވެ.

ޒުވާނެއްގެ ގަޔަށް ބަޑިޖަހައި މިއަދު ޝަހީދު ކޮށްލާފައި ވާއިރު، ޔަހޫދީ ވަޒަންވެރިން ގެއަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަރަށް ތުއްތު ކުއްޖަކުވެސް ޒަޚަމްވެފައި ވެއެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުން ހައްދާފައިވވާ ޒައިތޫނި ދަނޑުބިންތައްވެސް އިސްތިއުމާރީ ޓެރަރިސްޓުންނާއި، ހަރކަށި ޔަހޫދީ ވަޒަންވެރިން ވެގެން ގެންދަނީ ހަލާކުކޮށް ސުންނާފަތި ކުރަމުންނެވެ. މިއީވެސް، ފަލަސްތީނު ރައްޔިތުން ބިކަކޮށް ނިކަމެތިކޮށް ބަނޑަށް ޖެއްސުމަށް ހިންގަމުން ގެންދާ ޖަރީމާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް