ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

މި ރޯދަމަހު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް

އުޅަނދުތަކުގެ ޖޫރިމަނާ ހުއްޓަސް ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފި

vehicle

ބާވެ ހަލާކުވެ ނައްތާލަން ބޭނުންވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލުގެނައުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އަންނަ ޖެނުއަރީ މަހުން ފެށިގެން ޖޫރިމަނާ ހުރި ނަމަވެސް އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކޮށްދޭން ނިންމައިފިއެވެ.

ހޯމަ ދުވަހު ކުރި އިއުލާނުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބާވެ ހަލާކުވެ ނައްތާލަން ބޭނުންވާ ހާލަތްތަކުގައި އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމުގައި ބައެއް މީހުންނަށް ދަތިތައް ދިމާވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ނިންމައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ނިންމުމުގެ ދަށުން އެފަދަ އުޅަނދުތަކުގައި އަހަރީ ފީއާއި ޖޫރިމަނާތައް ހުރި ނަމަވެސް ރަޖިސްޓްރީ ބާތިލްކޮށްދޭނެއެވެ. ނަމަވެސް އެ އުޅަނދެއްގެ ނުދައްކާ ހުރި އަހަރީ ފީއާއި ޖޫރިމަނާއަކީ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ އެއްޗެއްކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރިއެވެ.

ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އުޅަނދުތައް މާލޭގެ އެކި މަގުތަކަށް ދޫކޮށްލާފައި ހުރުމުން މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކެއް ކުރިމަތިވެއެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު ވެސް އިދާރާތަކުން ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް މަގުތަކުން ނަގަމުންދާއިރު، އަމިއްލައަށް އެދިގެން އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އަލުން ހުޅުވާލައިފި

traffic

ގަރާޖު ހުއްްދަ ނެގުމުގައި ރައްޔިތުންނަށް އޮތް ދަތިކަމަށް ލުއިތަކެއް ގެންނަން ނިންމައިފި

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އަންގައިފި

އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް

TTH_advertisement