ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ގަރާޖު ހުއްްދަ ނެގުމުގައި ރައްޔިތުންނަށް އޮތް ދަތިކަމަށް ލުއިތަކެއް ގެންނަން ނިންމައިފި

traffic

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ހެޔޮ ބަދަލުތަކެއް ގެނަން ނިންމައިފި އެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގަރާޖު ލާޒިމްކުރުމުގެ ކުރިން (2009 ވަނަ އަހަރުގެ ކުރިން) ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމްކުރި ފަހުންވެސް ސައްޙަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރެވޭނެ އެވެ.

އަދި އަދި ސައްޙަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެއްކަމުގެ ލިޔުމާއެކު އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުުރުން އަންނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ އިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދަ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޭނުން ނުވާނެ އެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ހަމައެކަނި ހުށަހަޅަންޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމާއި އަދި ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެއްކަމުގެ ލިޔުމެވެ.

ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބުމަކީ ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް އަންގައިފި

އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް

ބ.އަތޮޅުގައި ވެސް އާރްޓީއެލްގެ ޚިދުމަތް ފަށަނީ

އެއްގައުމު ދަތުރުފަތުގެ ހޭލުންތެރިކަމަށް ކުރިއަށްގެންދާ ގައުމީ ކެމްޕޭނުގެ ކޮމިޓީ މަސައްކަތް ފަށައިފި

TTH_advertisement