ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކިޑްނީ އަދި ފުއްޕާމޭ ބަލިތަކުގެ ޚިދުމަތް މިމަހު ފަށާނެ: ނާޒިމާ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) އިން މި މިމަހުތެރޭގައި ކިޑްނީ ބަލިތަކުގެ ޑޮކްޓަރަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވިދާޅުވެއްޖެއެވެ.

ސީއީއޯ ނާޒިމާ މިކަން ހާމަކުރެއްވީ، ކޭއާރުއެޗުން މިހާރު ދެމުންދާ ޚިދުމަތްތަކާއި ފާއިތުވެ ދެ އަހަރު ދެވުނު ޚިދުމަތަކާއި ގުޅޭ ގޮތުން ދެއްވި ޚުލާސާ މެސެޖެއްގައެވެ.

”އަޅުގަނޑުމެން މިހާރު މަސައްކަތްކުރަނީ އީއާރު މިހާރަށްވުރެ ވެސް ބޮޑުކޮށް، އެ ޚިދުމަތް ވެސް މިހާރަށްވުރެ ފުޅާކުރެވޭތޯ، އަދި ހަމައެއާއެކު ޑަޔަލަސިސްގެ ޚިދުމަތްވެސް މިހާރަށްވުރެ ބޮޑަށް އެ ދެތަނުގައި ވެސް އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާނެ،” ނާޒިމާ

އެ މެސެޖުގައި ނާޒިމާ ވިދާޅުވިގޮތުގައި މިދިޔަ ދެ އަހަރު މަސައްކަތްކުރެއްވީ ކޭއާރުއެޗުން ދެމުންދިޔަ ޚިދުމަތްތަކަށް އެއްވެސް ބުރުލެއްނާރުވައި ކުރިއަށް ގެންދެވޭތޯކަމަށެވެ. އެއިގެ އިތުރުން ޓެލެމެޑިސިންގގެ ޚިދުމަތްފެށި އެ ޚިދުމަތް ބަލިމީހުންނަށް ފޯރުކޮށްދިނުމަށް ފެށިފައިވާކަމަށާއި، އަދި އެންޑޯމެޓްރިއޯސިސް ޚިދުމަތް އަލުންފެށި އެ ޚިދުމަތް ވެސް މިހާރު ފޯރުކޮށްދެވެމުންދާކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ.

އޭނާ ވިދާޅުވީ، ހިތުގެ ބަލީގެ ޑޮކްޓަރަކާއި އަދި ނާރުގެ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތް ވެސް މިހާރު ކޭއާރުއެޗުން ލިބެމުންދާނެކަމަށެވެ.

”އިރާދަކުރެއްވިއްޔާ މި މަސްތެރޭގައި ކިޑްނީގެ ބަލިތަކުގެ ޑޮކްޓަރަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރެއް ވެސް ޚިދުމަތް ވެސް ކޭއާރުއެޗުން ފޯރުކޮށްދެމުންދާނެ” ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ، ކޭއާރުއެޗު ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށްޓަކައި ދެ ފޭސް އަކަށް ބަހާލައިގެން މަސައްކަތްތައް ކުރެވެމުން މިހާރު ކުރެވެމުން އަންނައިރު، އޭގެ ތެރޭގައި ފޭސްވަންގައި ހިމެނޭ ކަންކަން ވަނީ ގާތްގަނޑަކަށް ފުރިހަމަކުރެވިފައެވެ. އަދި ފޭސް ދެއެއްގައި ހިމެނޭ އިމާރާތްތަކުގެ ޑިޒައިނިން މަސައްކަތް ކުރިއަށް އެދާކަމަށާއި، ފެބްރުއަރީ ނިމެންވާއިރަށް އެތަނުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް ވެސް ނާޒިމާ ވިދާޅުވިއެވެ.

އެ އިމާރާތުގެ މަސައްކަތް ނިމުމާއެކު ކޭއާރުއެޗުގައި މިހާރު ހުރި ޖާގައިގެ ދަތިކަމަށް މުޅިން ހައްލު ލިބިގެންދާނެކަމަށް ނާޒިމާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ތަފްސީލްވެސް ދެއްވިއެވެ.

ކޭއާރުއެޗަކީ އެންމެ އުތުރުގެ ތިން އަތޮޅާއި އަދި ކައިރި އަތޮޅުތަކުގެ ރައްޔިތުން ޚިދުމަތް ހޯދުމަށްދާ އަތޮޅުތަކުގެ އެންމެ ޑިމާންޑްބޮޑު ހޮސްޕިޓަލެވެ. އަދި އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

Image 20

ކުޅުދުއްފުށީ ތަރިޖެހިގެ ހިމާޔަތްކުރަން އެގެ ދައުލަތަށް ނަގަން ނިންމައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު ހުޅުވައިފި

ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗު ހުޅުވުން މިރޭ

TTH_advertisement