ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ އެންމެންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް ނިމޭނެ: ރައީސް

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ އެންމެންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

“މި އަންނަ މާޗް މަސް ނިމެންވާއިރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަަތައް,” ރައީސް

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެނައުމީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަަމަށެވެ. އެގޮތުން އެންމެ ފަހުން އެމަނިކުފާނަށް ބަންޑާރަ ނާއިބުގެ އޮފީހުން ދެއްވި މައުލޫމާތުން ކުރިއަށް އޮތް މާޗް މަސް ނިމެންވާއިރަށް ވާނުވާ ބަންދުގައި އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލައަށް ނިމުން އަންނާނެ ކަމަށެވެ.

އަދި އޭގެ ފަހުން ދެން ހުރި މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީން އޮތް ބައްދަލްވުންތަކުގައި ވެސް ވަރަށް ތަފްސީލުކޮށް ވާނުވާ ބަންދުގެ މައްސަލަ އޮތް ގޮތް ސާފުކޮށް ދެއްވާފައިވާނެ ކަމަށެވެ. ރައީސް މިރޭ ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގެ މައްސަލަތަކުގައި ބަންޑާރަ ނާއިބުގެ އޮފީހުން ކުރަން ޖެހޭ ކަންކަން އެންމެ ރަނގަޅަކަށް ކޮށްދެމުން ގެންދާނެ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް މުޢިއްޒު މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ޅަދަރީންނަށާއި ޒުވާނުންނަށް ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ: ރައީސް

ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އާދިއްތަ ދުވަހުގެ ރޭ

TTH_advertisement