ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑެންގީ ހުން އިތުރުވަނީ، އެންމެ މުހިންމު ފިޔަވަޅަކީ މަދިރި އާލާވާ ތަންތަން ނައްތާލުން

health ministry
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަދިރީގެ ކިބައިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.

ފާއިތުވި އޮކްޓޫބަރު މަހުން ފެށިގެން ޑެންގީގެ 4،400 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވާއިރު، މި ބަލި މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ފެތުރިފައެވެ. މި ހާލަތާ ގުޅިގެން، މަދިރި މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ޑެންގީ ހުން ފެތުރެނީ އީޑީސް މަދިރި ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި ހެފުމަށްފަހު އެހެން މީހުންގެ ގައިގައި ހެފުމުގެ ސަބަބުންނެވެ. އެހެންކަމުން، މަދިރީގެ ކިބައިން ރައްކާތެރިވުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

HajjCop_ads
Advertisement

ޑެންގީ ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް
ޑެންގީ ހުން ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި ދިޔާ ތަކެތި ބުއިން އިތުރުކުރުމަށް އެދިފައިވެއެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމާއެކު، ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭސްތައް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް
މަދިރިން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، މަދިރި ގޭތެރެއަށް ވަނުން މަދުކުރުމަށް ކުޑަދޮރު އަދި ޖާލިފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަށް އެދިފައިވެއެވެ. އީޑީސް މަދިރި އެންމެ ގިނަވަނީ ހެނދުނުގެ ވަގުތުތަކުގައި ކަމަށްވިޔަސް، ހުރިހާ މަދިރިއެއް ވެސް ދުވާލުގެ ވަގުތުތަކުގައި ގިނަވާތީ، ހުރިހާ ވަގުތެއްގައި ވެސް ވީހާ ބޮޑަށް ހަށިގަނޑު ނިވާކުރުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.

ޑެންގީއިން ސަލާމަތްވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ މަދިރި އާލާވާ ތަންތަން ނައްތާލުމެވެ. އީޑީސް މަދިރި އާލާވަނީ ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ގެއާއި ގޯތިތެރޭގައި ފެން ހަރުލާހެން ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ސާފުކުރުމަށް އެދިފައިވާއިރު، ގަސްމުށްޓާއި ތާންގީ ފަދަ ތަކެތި ފެން ނޭޅޭނެހެން ބަންޑުން ޖެހުމަށް ނުވަތަ މަތި އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މަދިރި ބިސް ހަލާކުނުވެ ހަ މަސް ވަންދެން ހުންނާތީ، ފެން ހުސްކުރުމަށްފަހު ވެސް މިފަދަ ތަކެތި ރަނގަޅަށް ސާފުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި

Igmh

މިހަރުގެ މިހާތަނަށް ހިމަބިހީގެ 226 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ