ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ކައުންސިލް އިންތިޚާބަށް މުވައްޒަފުން ހޯދަން ވޯކް-އިން އިންޓަވިއުތަކެއް ބާއްވަނީ

Election commission

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް މުވައްޒަފުން ހޯދުމަށް މި މަހު ވޯކް-އިން އިންޓަވިއުތަކެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާނެތީ 172 މުވައްޒަފުން ހޯދުމަށް އިލެކްޝަންސްއިން ހުޅުވާލީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. މަޤާމުތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ފެބްރުވަރީ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސްއިން ހުޅުވާލި ފުރުޞަތަށް ފަހު ދެން އޮންނާނީ ވޯކް-އިން އިންޓަވިއުތައް ކުރިއަށްގެންދިއުމެވެ. އެގޮތުން ފުރަތަމަ ވޯކް-އިން އިންޓަވިއު އޮންނާނީ ޑިސެމްބަރު 26 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ. ދެވަނަ ވޯކް-އިން އިންޓަވިއު ޑިސެމްބަރު 27 ވަނަ ދުވަހު އޮންނާނީ މާލޭގެ ކަލާފާނު ސްކޫލުގައެވެ.

ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ ހަވީރު 4 އިން ރޭގަނޑު 10:30 ގެ ނިޔަލަށެވެ. ވޯކް-އިން އިންޓަވިއުއަށް ހާޟިރުވާއިރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީތަކާއި ސީވީއާއި އައިޑީ ކާޑު ގެންދަންޖެހޭނެއެވެ.

އިލެކްޝަންސް އިން ވޯކް-އިން އިންޓަވިއުތައް ކުރިއަށްގެންދާއިރު، ވަގުތުން އިންޓަވިއުކޮށް ޕްރެކްޓިކަލް އިމްތިހާނު ވެސް ކުރިއަށްގެންދާނެއެވެ.

މަޤާމުތަކަށް ހޮވޭ މުވައްޒަފުން މަސައްކަތްކުރާނީ ކައުންސިލް އިންތިޚާބުގެ މަސައްކަތުގައެވެ. ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނަގާއިރު، މުސާރައާއި އިނާޔާތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު އެވެ.

އިންތިޚާބާ ދިމާކޮށް މުވައްޒަފުން ހޯދަން އިޢުލާނު ކުރިއިރު، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް އޮފިޝަލުން ހޯދުމަށް ވެސް މީގެކުރިން އިލެކްޝަންސްއިން ވަނީ އިޢުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

election commission

އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި

majilis

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރަން މަޖިލީހަށް

Election commission

ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީ

TTH_advertisement