ކުއްލި ޚަބަރު

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން މާދަމާއަށް ތާވަލުކޮށްފި

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ފުލުހުން ސަލާމަތްކޮށްފި

އިންޖީނު ހުއްޓުމުގެ ސަބަބުން އޮޔާ ދިޔަ ދޯންޏެއްގައި ތިބި ބަޔަކު ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ މިއަދު 15:50 އެހާކަންހާއިރު، ފުވައްމުލަކު ސިޓީއިން މަސްބާނަން ނިކުމެ އުޅުނު “ސަވާރީ” ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުންވަނީ އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރުކުރަމުންދިޔަ 10 މީހަކު ޕޮލިސް ލޯންޗުގައި، ފުވައްމުލަކަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި، ކުޑަކުއްޖެއްކަމަށް ފުލުހުން ބުންޏެވެ.

އެހެން ދޯންޏެއްގައި އެހީގައި “ސަވާރީ” ދޯނި މިހާރުވަނީ ފުވައްމުލަކަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Aqeel

އެފްއޭއެމްގެ ހިޔާނާތުގައި ދައުވާކުރާ މުހައްމަދު އަގީލް ބެންކޮކުން ހައްޔަރުކޮށްފި

8w

މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

Thilafushi

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

Amaan

ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަނީ

TTH_advertisement