ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭސް ދޭއްގައި ތިން ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ތިން މަސް ތެރޭ ފަށާނެ: ރައީސް

ހުޅުމާލެ ފޭސް ދޭއްގައި ތިން ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ތިން މަސް ތެރޭ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޞަލާހުއްދީން ސްކޫލުގައި ރޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

“ޕާކިން ބިލްޑިން އެޅުމަށް ވެސް މިހާރު ފޭސް ދޭއްގައި ތިން ޕާކިން ބިލްޑިން އެޅުމަށް މިހާރު އެގްރީމެންޓް ހެދިފައި އެބައޮތް. އެމަސައްކަތް އެބޭފުޅުން ކުރިއަށް އޮތް ތިން މަސް ތެރޭގައި ފަށާނެ” – ރައީސް

ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުތަކުގައި ލިފްޓްތަކުގެ މަސައްކަތް ވެސް މިހާރު އޮތް ޝެޑިއުލްގައި އޮތްގޮތަށް އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިހާރު 6 ޓަވަރުގައި ވަނީ ލިފްޓް ހަރުކޮށް ޚިދުމަތްދޭން ފަށައިފައެވެ. ބާކީ ހުރިހާ ޓަވަރެއްގައި ލިފްޓް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރިއަށެވެ.

ހިޔާ ޓަވަރުތަކަށް ޖެހޭ ޖުމްލަ އަދަދުން ދެލައްކަ ރުފިޔާ އުނިކުރަން މީގެކުރިން ނިންމާފައިވާއިރު، އެކަން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެ އަދަދު އުނިކުރުމުން ކުލި ވެސް ދިގުމުއްދަތަކަށް ދައްކަންޖެހޭ ކުލި ކުޑަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފޭސް ދޭއްގެ ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ހުށަހެޅި ކަންކަން ޙައްލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޕާކުތައް ތަރައްޤީކުރުމާއި، މަގުތައް ހެދުމާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ