ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދޭނަން: ރައީސް

ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފި އެވެ.

“އަދި ތިބޭފުޅުންނަށް ކުޑަ އަގެއްގައި ބިން ކުއްޔަށް ނެގޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ކޮން ކަހަލަ އަކުންތޯ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މި ފުރުސަތު ލުއި ގޮތެއްގައި ހަޤީޤީ މާނާގައި ކުޑަ ކުއްޔަކަށް ދެވޭނީ,” ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނާއެކު ރޭ ބޭއްވެވި ބައްދަލްވުމުގައި ބައެއް ވިޔަފާރިވެރީން ވަނީ ގުދަން ކުރަން ބިން ހޯދުމަށް ދަތިތައް ދިމާވާތީ އެކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރި މުދާ ގުދަން ކުރަން ކުއްޔަށް ތަންތަން ނުލިބޭ ކަމުގެ ޝަކުވާ ވިޔަފާރިވެރީންގެ ފަރާތުން އިވިވަޑައިގަންނަވާ ކަމަށާ އެއީ ސަރުކާރުން އެ ކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމެއް ކަމަށެވެ.

އެގޮތުން މިހާރުން މިހާރަށްވެސް އެޗްޑީސީ ނުވަތަ އެމްޕީއެލްއާ މަޝްވަރާކޮށްގެން ހައްލެއް ހޯދޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. އެޗްޑީސީން މިހާރުވެސް ގުދަންތަކެއް ކުއްޔަށް ދޭން ތައްޔާރުވަމުންދާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ