ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައިވެސް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށާނީ

ޖަނަވަރީ މަހުގެ ނިޔަލަށް ތިލަފުށީގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޚިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލްވުމުގައި ތިލަފުށީގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރީން ވަނީ އެ ރަށުގައި އޭޓީއެމް ޚިދުމަތް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޭގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އަންނަ ޖަނަވަރީގެ ނިޔަލަށް އެ ޚިދުމަތް ފެށޭނެ ކަމުގެ ޔަޤީންކަން ބީއެމްއެލް އިން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ބެންކުގެ ޚިދުމަތް ފުޅާކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. ވެރިކަމުގެ އެންމެ ކުރީކޮޅު އެ ވައުދު ވަނީ ފުއްދަވާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ވަނީ ފަށާފަ އެވެ.

އަދި 70 ވުރެ ގިނަ ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ