ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ވިޔަފާރިވެރީންގެ އުންމީދުތައް ބޭކާރުވިޔަ ނުދެއްވާނަން: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެެކު މިރޭ ބޭއްވެވި ބައްދަލްވުމުގައި ވިޔަފާރިވެރީން ފާހަގަ ކުރެއްވި ކަންކަން ޙައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަވާ ވިޔަފާރިވެރީންގެ އުންމީދުތައް ބޭކާރުވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ޚިޔާލުތައް އަޑުއެއްސެވުމުގައި ރައީސް ވަނީ ބަރާބަރު ތިންގަޑިއިރު ހޭދަކުރައްވާފަ އެވެ.

އެ ހުރިހާ ވިޔަފާރިވެރީންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބައްދަލްވުމުގައި ކޮންމެ ބޭފުޅަކު ވިދާޅުވި ކޮންމެ ވާހަކަފުޅަކީވެސް ވަރަށް ކަނުލާ އަޑުއެއްސެވި އަދި އެކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަަވައިދެއްވަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަންކަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޤާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކޮންމެ ކަމެއް އެމަނިކުފާނު ކޮށްދެއްވާނެ އެވެ. އަދި ޤާނޫނާއި އުސޫލުތައް ބަދަލުކޮށްގެން ވެސް ގެނެސްދެވެން އޮތް ހައްލުތައް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްެވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ އެއީ އެވެ.

އަދި ވިދާޅުވީ މިފަދަ ބައްދަލްވުމެއް ބޭއްވެވީ ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި ހުރި މައްސަލަތައް ޙައްލުކުރެއްވުމުގެ ނިޔަތާއި އެ އަޒުމުގައި އެ ބޭނުންފުޅުގައި ކަމަށެވެ.

“އަޅުގަނޑު ދޭނެ ޔަޤީންކަމަކީ ތިޔަ ބޭފުޅުންގެ އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަން ހަމަ ހަޤީޤަތުގައިވެސް. އެކަންކަމަށް ހައްލު ގެނެސްދޭން މަސައްކަތް ކޮށްދޭނަން,” ރައީސް

މިރޭގެ ބައްދަލްވުމުގައި ވިޔަފާރިވެރީން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ގެންނަ ބިދޭސީންގެ ކޯޓާ ފީގެ މައްސަލަ އާއި ކުންފުނިތަކުގެ ބޭނުމަށް ގެންނަން ހަތަރު ފުރޮޅީ އުޅަނދުތަކާމެދު މިހާރު އަމަލު ކުރާ ގޮތާއި މެދު ގެނެވެން އޮތް ބަދަލުތަކެއް ގެންނަވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ޑެމެރެޖް ނާރާ ވަގުތު އިތުރުކުރުމާއި ކްލިއަރެންސް މަސައްކަތް 24 ގަޑިއިރަށް އިތުރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި އެއަރޕޯޓާއި ސީ ޕޯޓްގައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވި އެވެ. މީގެ އިތުރުން ވިޔަަފާރިވެރީން އެދެމުން އަންނަ ގޮތަށް ޖަނަވަރީ މަހުގެ ނިޔަލަށް ތިލަފުށީގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެށޭނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

TTH_advertisement