ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން ޤާނޫނަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފި އެވެ.

ޕެންޝަން ފައިސާ ބޭނުންކުރެވޭ އިތުރު ޙާލަތައް ހިމަނަން ރައްޔިތުން އެދޭތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް މި ސަރުކާރުން ނޫނީ އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެ އެވެ.

ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މި މައްސަލައަކަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމުގެ އުފާވެރި ޚަބަރު އަވަށްތަކުގެ ރައްޔިތުންނާއެކު ބޭއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި ރަައީސް ގެންދަވަނީ ދެއްވަމުންނެވެ.

މިރޭ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޤާނޫނަށް ގެންނަވާ ބައެއް ބަދަލުތައް ވިދާޅުވެ ދެއްވާފަ އެވެ. އެންމެ ބޮޑު ބަދަލަކަށް ފާހަގަ ކުރެއްވީ ބޮޑެތި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ އެއްކޮށް ނެގޭ ގޮތް ހަދަން ޤާނޫނަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ނިންމެވުމެވެ.

“މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި މިފަދަ ބައެއް ކަންކަން ހިމެނުން,” ރައީސް

ރައީސް ވަނީ އެފަދަ އެތައް ބަަދަލެއް ހިމެނޭހެން ޤާނޫނަށް ބަދަލު ގެނައުމަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ