ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ގާނޫނަށް އަހުލުވެރި އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފި

ސަރުކާރުގެ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް އައްޔަންކުރާ އިންފޮމޭޝަން އޮފިސަރުން އައްޔަންކުރާއިރު، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި މީހުން އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީ.ސީ.ބީ) އިން އަންގައިފި އެވެ.

މިއީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ހާމަކަންބޮޑު ގޮތެއްގައި އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ފުރިހަމައަށް ތަންފީޒުކުރުމަށް ކުންފުނިތަކަށް ބާރުއެޅުމަށް ޕިސީބީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް އެންގި އެންގުމެއްކަމަށް ޕީސީބީއިން ހާމަކުރެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީ.ސީ.ބީ) ގެ ރައީސް، މުހައްމަދު އަނަސް ސޮއިކުރައްވާ މިއަދު ނެރުނު ސަރކިއުލާ އެއްގައި ބުނީ، ސަރުކާރުގެ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން، ސަބްސިޑިއަރީ ކުންފުނިތައްވެސް ހިމެނޭގޮތަށް ކުންފުނީގެ ފަރާތުން އާއްމުންނާއި މީޑިއާ ތަކަށް މައުލޫމާތު ދިނުމާއި، ކުންފުންޏާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، މައުލޫމާތި ދިނުމުގެ ކަންކަން ބެލެހެއްޓުމަށް އިންފޮމޭޝަން އޮފިސަރު އައްޔަންކުރަން އަންގާ ކަމަށެވެ.

ޕީ.ސީ.ބީ އިން ބުނީ ކުންފުނިތަކުގައި މިހާރުވެސް އިންފޯމޭޝަން އޮފިސަރުންގެ ޒިންމާއަދާކުރާ ފަރާތްތަކާއި އަދި އަލަށް ޢައްޔަންކުރާ އިންފޮމޭޝަން އޮފިސަރުންނަކީ ޤާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ނުވަތަ (ޤާނޫނު ނަންބަރު: 1/2014) “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު” (Right to Information (RTI) Act) އަދި އެ ޤާނޫނާއި ގުޅޭ އެންމެހާ އުސޫލުތައް ރަނގަޅަށް ދަންނަ ފަރާތަކަށްވުން މުހިއްމުކަމު ކަމަށެވެ. އަދި ޢައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންނަށް ވަކި ސްޓާފް އީމެއިލް އެޑްރެހެއްގެ ބަދަލުގައި، އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް އެދޭ ކަމަށެވެ.

މީގެ އިތުރަށް އިންފޮމޭޝަން އޮފިސަރުން ބަދަލުވާ ހާލަތުގައިވެސް ކުންފުންޏަށް ހުށަހެޅޭ ހުރިހާ RTI ރިކުއެސްޓްތަކާއި ގުޅޭ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަށް، އިންފޮމޭޝަން އޮފިސަރުންނަށް އާންމު އެއް އީމެއިލް އެޑްރެހެއް ކަނޑައެޅުމަށްވެސް ޕީ.ސީ.ބީ އިން ވަނީ އެދިފައެވެ.

މީގެ އިތުރަށް ކުންފުނިން ޢައްޔަނުކޮށްފައިވާ އިންފޮމޭޝަން އޮފިސަރުގެ މައުލޫމާތު، ނަން، ގުޅޭނެ ނަންބަރު، RTI ރިކުއެސްޓް ފޮނުވާނެ އީމެއިލް އެޑްރެސް، އާންމުންނަށް ފަސޭހައިން ފެންނާނެގޮތަށް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރެވިފައި ހުންނަންވާނެ ކަމަށްވެސް ޕީ.ސީ.ބީ އިން ކުންފުނިތަކަށް ފޮނުވި ސަރކިއުލާގައި ބުނެފައިވެއެވެ.

ޕީ.ސީ.ބީ އިން އިތުރަށް ބުނީ، އިންފޮމޭޝަން އޮފިސަރުގެ މަގާމަކީ، އެވަގުތު ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކަށް ހަވާލުކުރާ މަގާމަކަށް ވުމުން، އިންފޮމޭޝަން އޮފިސަރެއް އައްޔަނުކުރުމަށް ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާޙުކުރަން ނުޖެހޭނެ ކަމަށެވެ.

އަދި އިންފޮމޭޝަން އޮފިސަރު ކަނޑައަޅަން ވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަނީ ބުނެފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީ.ސީ.ބީ) އިން ބުނީ، އެ ބޯޑުގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، މި ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން ޢަމަލުކުރުމަކީ، ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުން، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމުކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް ހަލީމް، ބީސީސީގެ ޗެއާޕާސަން ކަމަށް ޝަހީދު

bml

ކުންފުނިތައް ގިންތިކޮށް، މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅާ އުޞޫލު އިޞްލާޙުކޮށްފި

jameel usman ju

އެމްއޭސީއެލްގެ ބޯޑަށް ޖަމީލް އައްޔަންކޮށްފި

112

ސަރުކާރު ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު މާހިރު

TTH_advertisement