ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިޔަފާރިވެރިންގެ ޚިޔާލު ހޯއްދަވަން ބުދަ ދުވަހު ބައްދަލުކުރެއްވުމެއް ބާއްވަވަން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން ބުދަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ.
އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުންގެ ކަންބޮޑުވުން ސީދާ ގޮތެއްގައި އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންގެ އިތުރުން އެކި ސެކްޓާތަކުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވަމުންނެވެ. އެގޮތުން ދާދިފަހުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި މަސްވެރިންގެ ބައެއް ކަންބޮޑުވުންތަކަށް އެމަނިކުފާނު ވަނީ ހައްލު ގެނެސްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު