ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިންނަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދުން ލަސްވަނީ އިގްތިސާދީގޮތުން ބަލަންޖެހޭ ކަންކަންހުރުމުން: ރައީސް

990

މަސްވެރިކަމުގެ ދާއިރާގެ ބައެއް މަސައްކަތްތައް ލަސްވަނީ އިގުތިސާދީގޮތުން ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން ކުރަން ޖެހޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމަކީ ރާއްޖޭގެ އިގުތިސާދު އެކަމަކަށް ފައްކާވީމަ ކުރެވެން ހުރި ކަންކަން ކަމަށެވެ. އަދި ބައެއް މަޝްރޫއުތަކަކީ ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫއުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުން ލަސްވަނީ ސަރުކާރުން އަޅައިނުލާ އޮވެގެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޫއްޑޫގައި ކުރާ މަސައްކަތްތަކާއި އެހެން ތަންތަނުގައި ފެށިފައި ހުރި މަސައްކަތްތަކާއި ފަށަން ހުރި ބައެއް މަސައްކަތްތަކަކީ ބޭރުގެ އެހީއާ ގުޅިފައި ހުރި ކަންކަން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އެއީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށްކޮށްގެންނެއްވެސް ނޫން. އަދި އެ ފަރާތްތަކުން ކަމެއް ގޯސްކޮށްކޮށްގެންނެއްވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސް. ވަކި މަސްވެރިކަމުގެ އިންޑަސްޓްރީ ވެގެންވާ ގޮތެއްވެސް ނޫން،” ރައީސް ވިދާޅުވިއެވެ.

އައިސްޕްލާންޓުތަކާއި ބައެއް ފެކްޓަރީތަކުގެ މަސައްކަތް ފެށުމުގައި ލަސްތަކެއް އުޅެނީ ބޭރުގެ އެހީތަކާ ގުޅިފައި ހުރުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެއީ އެއްގޮތަކަށްވެސް މި އިންޑަސްޓްރީއަށް ފަރުވާކުޑަ ކޮށްގެންވާ ކަމެއް ނޫން. ނޫނީ އަޅައިނުލާ ދޫކޮށްލާފައިވާ ކަމެއްވެސް ނޫން. މި ބައެއް ކަންކަމުގައި މިދެންނެވި ގިނަ ވަގުތު ނަގަނީ އެކަމުގައި އިގުތިސާދީ ގޮތުން ކުރިއަށް ގެންދަން ހުރި ކަންކަމަށް. އިގުތިސާދު ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަންވީމަ،” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް

DSC

މި ދަނޑިވަޅުގައި ރާއްޖެއިން މަސައްކަތްކުރާނީ އަރަބި ގައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި: ރައީސް