ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ރައީސް ހުޅުއްވައިދެއްވައިފި

Ii

މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް އަތޮޅުތެރޭގައި ގާއިމުކުރި އެފްއެސްއެމްގެ ފުރަތަމަ ފިއުލް ޝެޑް ރ. ދުވާފަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރާއްޖޭގެ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު ދުވާފަރަށް ވަޑައިގެން މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުވަވަނަ ދުވަހު ކ. ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކޮންމެވެސް އެއް ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

އެ ވައުދަކީ މިއަހަރުގެ ތެރެއަށް ބަހާލެވިގެން ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގައި އެސްޓީއޯގެ ސްޓޭޝަން ހެދި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމަށާއި އެހެންވީމާ އެގޮތަށް ގޮސް މުޅި ރާއްޖޭގައި، ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ތާވަލުގެ ކުރިން އެފްއެސްއެމްގެ ސައިޓުތަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް މިހާރު ތެޔޮ ލިބޭނެ ކަމަށާއި ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ. ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަދި ކޫއްޑޫއާއި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުން ވެސް އެސްޓީއޯ ރޭޓުން ތެޔޮ ވިއްކުމަށް ކުރަން ޖެހޭ ކަންކަން އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Ma
Rate jahaali nama

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި