ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަލުތަކުން ކުރާ ކޯލްތައް ރިޕޯޓްކުރާ ޕޯޓަލެއް ތައާރަފްކޮށްފި

893

ޖަލުތަކުން އެކިއެކި ސްކޭމް ކޯލްތައް ކުރުން އިތުރުވެފައިވާތީ، އެފަދަ މައްސަލަތައް ރިޕޯޓްކުރަން ސަރުކާރުން ހާއްސަ ޕޯޓަލެއް ގާއިމްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ޖަލުތަކުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅައި ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ، މި ލިންކަށް ވަދެ، ގުޅި ނަންބަރުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ޖަލުގައި ތިބޭ ގައިދީން އެކި މީހުންނަށް ގުޅައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަކީ އާންމު ކަމެކެވެ. އޮޅުވާލައިގެން ފައިސާ ހޯދުމަށް އެކި އުޅުތައް ގައިދީން ބޭނުންކުރެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ކާކުކަން ނޭނގޭ މީހަކު ގުޅައި ވާހަކަދައްކާ ފަރާތްތަކުން ބުނާ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

009

ސްކޭމްގެ މައްސަލައިގައި ހޯދަން އިއުލާންކުރި އަންހެން މީހާ ހައްޔަރުކޮށްފި

Qw

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

990

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

8w

މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި