ކުއްލި ޚަބަރު

ޖުމްލަ 787 ވެހިކަލް ޓޯކޮށްފި، ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް

މެންބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން: އެޗްޑީސީ

މިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ މިއީ 16.6 ޕަސަންޓުގެ އިތުރުވުމެއް

mira

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ ނޮވެމްބަރު މަހު 2.20 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން މިއަދު އާންމުކުރި “މަންތުލީ ރެވެނިއު ކަލެކްޝަން ނޮވެމްބަރު 2025” ރިޕޯޓުގައިވާ ގޮތުން އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު 16.6 ޕަސަންޓުގެ އިތުރުވުމެކެވެ.

ރިޕޯޓުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި، ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށްވުރެ މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10.3 ޕަސަންޓަށް ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސްގެ ރޭޓު ބޮޑު ކުރުމުން އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ޓެކްސް އަދި ފީތަކުގެ ރޭޓުތައް ބޮޑުކުރުމުގެ ސަބަބުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ، މިއަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 6.7 ޕަސަންޓް އިތުރަށް ވަނީ އާމްދަނީ ލިބިފައެވެ. ތަފާސްހިސާބުގައިވާ ގޮތުން އެއީ ގްރިން ޓެކްސްއާއި ފަތުރުވެރިކަމުގެ ދާއިރާ ނޫން، އެހެން ދާއިރާތަކުގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.

ބިން ވިއްކުމާއި، ބިން ބަދަލު ކުރުމުގެ ފީތަކުން މިދިޔަ މަހު އާމްދަނީ ލިބޭނެކަމަށް އަންދާޒާކޮށްފައިނުވާ ކަމަށް މީރާގެ ތަފާސްހިސާބުގައިވެއެވެ.

މިދިޔަ ނޮވެމްބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ ޖީއެސްޓީން ކަމަށް ތަފާސްހިސާބުގައިވެއެވެ. އެގޮތުން އެ ދާއިރާއިން އެކަނި 1.30 ބިލިއަން ރުފިޔާ ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިން ކަމަށްވާ އިރު، އެއީ 191.06 މިލިއަން ރުފިޔާއެވެ.

އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.87 މިލިއަން ރުފިޔާ ލިބުނު އިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި 164.99 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 131.67 މިލިއަން ރުފިޔާ އަދި ވޯކްޕާމިޓް ފީގެ ގޮތުގައި 63.86 މިލިއަން ރުފިޔާ ނޮވެމްބަރު މަހު ލިބުނު ކަމަށް ތަފާސްހިސާބުގައި ބުންޏެވެ.

މީރާގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އާމްދަނީގެ 19.7 ޕަސަންޓަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 21 ޕަސަންޓަކީ، މީރާއަށް ދައްކަންޖެހޭ، އެހެންނަމަވެސް ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބިފައިވާ އާމްދަނީކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް “ސްޓޭބަލް” އަށް ބަދަލުކޮށްފި

ރިސޯޓްތަކުން ދައްކާ ޖީއެސްޓީގެ އާމްދަނީ 20 ޕަސެންޓު އިތުރުވެއްޖެ

240 އަށްވުރެ ގިނަ ބައިވެރިންނާއެކު އެމްއެމްއޭގެ ރިސާރޗް ކޮންފަރެންސް 2025 ފަށައިފި

TTH_advertisement