ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ރާއްޖެ ދެމި އޮންނާނެ: ރައީސް

990

ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި، އިންސާނީ ޙައްޤުތަކަކީ ޞުލްޙަމަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ބިންގައު ކަމުގައި ވިދާޅުވިއެވެ. އަދި މި ޙައްޤުތަކަކީ ތަޞައްވުރުގެ ޚިޔާލުތަކެއް ނޫންކަމަށާއި، އެއީ ކޮންމެ ފަރުދަކުވެސް ޤަދަރާއި އުންމީދާއެކު ދިރިއުޅެވޭނެ އަސާސީ ޙިމާޔަތްތަކެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޖްތިމާޢީ ރައްކާތެރިކަން ފަދަ އަސާސީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ހަމަހަމަކަން ޤާއިމުކުރުމަށާއި، މުޖުތަމަޢުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ޙިމާޔަތްކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ޤާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި ޙަރަކާތްތެރިވުމުގެ އިތުރުން، ދިވެހިރާއްޖެއަކީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޤައުމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހަރުދަނާކޮށް، ޙައްޤުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި، ރާއްޖެއިން، ވަކީން ޚާއްޞަކޮށް، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައިވެސް ދިވެހިރާއްޖެ، ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދެނީ، އިންސާނީ ޙައްޤުތަކަކީ ސަރަޙައްދީ އިމެއް އެކަމުގައި ނެތް، އަދި އެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ ޙާލަތަށް އަލިއަޅުވާލައްވަމުން، އިންސާނީ ޙައްޤުތަކަކީ ބައިބައި ނުކުރެވޭނެ ޙައްޤުތަކެއް ކަމަށާއި، އިންސާނީ ޙައްޤުތަކަކީ، އެއްވެސް ބައެއްގެ ކިބައިން އެ ޙައްޤުތައް ނިގުޅައިގަނެވިއްޖެ ނަމަ، ބައިނަލްއަޤުވާމި ފެންވަރުގައި އެޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެވޭކަމަށް ބުނެވޭނެ ފުރުޞަތު ނެތް ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ހަމަމިއާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަސާސީ ޙައްޤުތައް ނިގުޅައިގަތުމަކީ، އިންސާފާއި އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގައި، ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މި ދުވަހުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަދުލުވެރިކަމާއި، ހަމަހަމަކަމާއި، އޯގާތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށް، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ، އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

449352 f9826891 4

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

427492 863d11aa 3

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

448896 e0cf2932 0

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

Ii

މިހާތަނަށް 52 މަސާޖު ޕާލާ ވަނީ ބަންދުކޮށްފައި: ރައީސް

TTH_advertisement