ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑު ނައިޓު ބާއްވައިފި

Ii

މޯލްޑިވްސް ވޯޓާ އެންޑު ސިއުވަރެޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑު ނައިޓު ބާއްވައިފިއެވެ.

ސިޓީ ހޯލް ގްރައުންޑުގައި ބޭއްވި، މި ރަސްމިއްޔާތުގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރި މުވައްޒަފުންނާއި، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އެގޮތުން، އެ ފަރާތްތަކަށް އެވޯޑު ވަނީ ދީފައެވެ.

މި އެވޯޑުތައް ހަވާކުކޮށްދެއްވީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީންއާއި، ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒު އަހުމަދުގެ އިތުރުން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރުންނެވެ.

2025 ވަނަ އަހަރުގެ އެވޯޑު ނައިޓުގައި، ތަފާތު 12 ކެޓެގަރީއަކުން 36 މުވައްޒަފަކު ވަނީ އެވޯޑު ހާސިލުކޮށްފައެވެ.

މީގެއިތުރުން، އެމްޑަބްލިއުއެސްސީއަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑު ދީފައެވެ. އަދި، ކުންފުނިން ދޭ އެންމެ ހާއްސަ އެވޯޑް، ޗެއާރމަންސް އެވޯޑް ފޮރ އެކްސެލެންސް ވަނީ ކުންފުނީގެ ޓެކްނިކަލް ހަސަން ޝަފީގަށް ދެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ މަތީން ވިދާޅުވީ، ސްޓާފް އެވޯޑު ނައިޓު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެއްބައެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށް ދިއުމުގެ ރޫހު އަލާކޮށް، އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ކުންފުނީގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެމްޑީ ފާހަގަކުރިއެވެ.

އެމްޑަބްލިއުއެސްސީ އަކީ 100 އިންސައްތަ ދިވެހިން ހިމެނޭ މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއިއެކު ހިންގަމުންދާ ކުންފުންޏެކެވެ. އެގޮތުން، މި ކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ، އެ ކުންފުނީގެ ހީވަގި މުވައްޒަފުން ކަމުން، މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކޮށް، އަގުވަން ކުރުމަކީ، ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Matheen Mwsc

އެމްޑަބްލިއުއެސްސީ، ހަރަދުން 160 މިލިއަން ސަލާމަތްކޮށް ފައިދާ %90 މައްޗަށް

WhatsApp Image 2026 01 13 at 14.59.13

އެމްޑަބްލިޔުއެސްސީ ގެ “ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026” ބާއްވައިފި

990

“އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ” ޕްރޮގްރާމު އިފްތިތާހުކޮށްފި

Matheen Mwsc

ކުޅުދުއްފުށީ ފެން އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް 2026ގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއް: މަތީން

TTH_advertisement