ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީންގެ ޞިއްޙީ ކަންކަމަށް ޙައްލު ނުހޯދޭނަމަ ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ: ނާޘިމް

minister nazim

ބިދޭސީންގެ ޞިއްޙީ ކަންކަމަށް ޙައްލު ނުހޯދޭނަމަ ޢާންމު ޞިއްޙަތުގެ ދާއިރާއިން ހައްލުކުރަން ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ ބިދޭސީންނަށް ފުރިހަމަ ޞިއްޙީ ފަރުވާގެ ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށްކުރާ މަސައްކަތް ކާމިޔާބުކުރުމަށް ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

ޢާންމު ޞިއްޙަތުގެ ދާއިރާއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޕްޗީއޭ) އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ “ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް” އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ 4 މީހަކުން އެކަކީ ބިދޭސީއެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އުޅޭއިރު، މުޅި ޤައުމުގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބިދޭސީންގެ ދުޅަހެޔޮކަން ޔަޤީންކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

“ބިދޭސީންގެ ނިސްބަތުން ގިނައީ އަވަށްޓެރި ޤައުމުތަކަށް ނިސްބަތްވާ މީހުން. ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް އެޤައުމުތަކުގައި އުޅޭއިރު، ރާއްޖެއަށް އަންނަ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން މުހިންމު. ހުރިހާ މުވައްސަސާއެއް ގުޅިގެން މިއަދު ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ނުކުރެވިއްޖެނަމަ، ޢާންމު ޞިއްޙަތުގެ ދާއިރާއިން ބޮޑު ޗެލެންޖަކާއި ކުރިމަތިލާންޖެހިދާނެ ” ނާޘިމް

ޢާންމު ޞިއްޙަތުގެ ކޮންފަރެންސްގެ ތެރެއިން މިދިޔަ ޖޫން މަހު އިފްތިތާޙްކޮށްފައިވާ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް ކުރިމަތިވާ ހުރަސްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި ތިބި ބިދޭސީންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުންވެސް ޢިލްމީ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީގޮތެއްގައި ގެނިވެދާނެ ޙައްލުތަކާއި ގުޅޭގޮތުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ބިދޭސީންގެ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކާއި، ސަރުކާރުގެ މުވައްސަސާތަކުން ބައިވެރިވާނެއެވެ. އަދި ޤައުމި ޔުނިވަރސިޓީގެ ފަރާތުން މިކަމުގައި ހުރި ހުރަސްތަކަށް ދިރާސާގެ ނަޒަރަކުން އަލިއަޅުވާލުމަށް ނިންމާފައިވާއިރު، މިއީ މިފަދަ ކޮންފަރެންސް އެއް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން، ފުރަތަމަ ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Bidheyseenah halluhodhaidheenjehenee alhugandumenatha noonee manikufaanath

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި