ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ޣަފޫރު އިންތިޚާބުކޮށްފި

MDP Gafoor

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިރޭ އިންތިޚާބުކޮށްފިއެވެ.

މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޣަފޫރު ވަނީ އޭނާ އެ މަގާމަށް ގެންނަން ވޯޓުދެއވި ގައުމީ މަޖިލީހުގެ އެންމެހައި މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން ކުރިން ޗެއާޕާސަނެއްގެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒު އިސްމާއީލް އެ މަގާމުގައި ހުންނަވައި ޕާޓީއަށް ކޮށްދެއްވި ހިދުމަތަށްޓަކައި ހުރިހާ ބޭފުޅުންގެ ނަމުގައި ޝުކުރު އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ޣަފޫރު އަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިޚާބުކުރަން މީގެކުރިން ބޭއްވި ޖަލްސާގައި އެކަން ކުރިއަށްނުގެންދެވި ވަނީ ހޫނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު