ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޖަޕާނަށް މީގެ ކުޑަ އިރުކޮޅެއް ކުރިން އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.2 ގައި ކަމަށް ޖަޕާނުގެ މީޓިއޮރލޮޖިކަލް އޭޖެންސީން ބުނެފައި ވެއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.6 ގައި ކަމަށެވެ.
ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އައޮމޮރީ އަދި ހޮކައިޑޯ ކައިރިން ކަނޑުގެ ސަރަހައްދަށެވެ.
އެހެންކަމުން، ޖަޕާނުގެ އުތުރުއިރުމަތީ އައްސޭރިފަށަށް ސުނާމީ އަރާނޭ ކަމުގެ އިންޒާރު މިހާރު ނެރެފައި ވާއިރު، ސުނާމީއާއެކު އަރާ ރާޅުތަކުގެ އުސްމިން 3 މީޓަރު / ދިހަ ވަރަކަށް ފޫޓު ހުންނާނޭ ކަމަށްވެސް އިންޒާރުގައި ބުނެފައި ވެއެވެ.
މި ބިންހެލުމާ ގުޅިގެން މީހަކަށް ކަމެއް ވީކަމުގެ އަދި ތަންތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު