ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ކުންފުނިތައް ގިންތިކޮށް، މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅާ އުޞޫލު އިޞްލާޙުކޮށްފި

bml
ބީއެމްއެލް ހެޑް އޮފީސް —

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކޮށް، ބޯޑް ޗެއަރ އަދި މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅާ އުޞޫލު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) ގެ ބޯޑުން އިޞްލާޙުކޮށްފި އެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އުޞޫލު އިޞްލާޙުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޕީސީބީ ބޯޑު މެންބަރުންގެ ބައްދަލުވުމުގައި ކަމަށެވެ.

މި އުޞޫލު ބަދަލުކުރިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ، ވަކި ޝަރުތެއް ފުރިހަމަނުވުމުން ކުރިން ގިންތި ބަދަލުނުވެ އޮތްއޮތުން ނިމުމަކަށް ގެނައުމަށް އިންސާފުވެރި ގޮތެއްގައި ގިންތިކުރެވޭ “ވައިޓޭޖް” މެތަޑަކަށް ދާން ނިންމީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމުގައި ވަކި ޝަރުތެއް ފުރިހަމަނުވުމުން ގިންތި ބަދަލުނުވެ އޮންނަ އުޞޫލު ނިމުމަމަކަށް ގެނައުމަށް ކަމަށެވެ.

ޕީސީބީ އިން ބުނީ، އެ އުޞޫލާ އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވާޞިލްވުމަަށް ކަންކަން ފަހިކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލްވުމަށް މި ޑިސެންބަރު މަހުގެ 31 ގެ ކުރިން އެ ބޯޑަށް ހިއްސާކުރުމަށް އެދޭކަމަށާއި، އަދި އެއްވެސް ސަބަބަކާހުރެ އެ އަމާޒު އެމުއްދަތުގައި ކަނޑަނޭޅިއްޖެނަމަ ލަސްވެގެން 15 ޖެނުއަރީ 2026 ގެ ކުރިން އެ ބޯޑަށް ޓާގެޓްތައް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ ިއތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ޓާގެޓް ކަނޑައަޅާނެ ގޮތާއި ކުންފުނިތަކުން އަމާޒު ކަނޑައަޅުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް މިޑް ޓާމް ޓާގެޓް ރިވިޝަން ކުރެވޭނެ ފަސޭހަގޮތްތައް އެ އުޞޫލަށް އިތުރުކުރެވި، އަދި އެ އުޞޫލު ހަރުދަނާ ކުރުމަށް އެހެނިހެން އިންޓަރނަލް ކޮންޓްރޯލްތައް އުޞޫލަށް އިތުރުކޮށްފައިވާނެ ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ. އަދި ކުންފުނިތައް ގިންތިކުރުމުގެ އުޞޫލަށް ގެނައި ބަދަލާއެކު މެނޭޖިން ޑިރެކްޓަރ ފިޔަވައި އެހެނިހެން އެގްޒެކެޓިވް ސްޓާފުންގެ އަސާސީ މުސާރަ އާއި ޕާރފޯމެންސް އެލަވަންސްތައް އުނިކޮށްފައިވާކަމަށް ޕީސީބީން ބުނެއެވެ.

ހަމަ އެހެންމެ، އެ މަޤާމްތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ކުންފުނީގެ އޮނިގަނޑާއި އެއްގޮތަށް ކުންފުނީގެ ބޯޑުން ކަމަށާއި، މުސާރައިގެ އޮނިގަނޑު ބަދަލުކުރަން ޖެހިއްޖެނަމަ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ލިސްޓް ނުކުރާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑއަޅަންވާނީ ޕީސީބީ ގެ ގައިޑްލައިނާއި އެއްގޮތަށް މާލީ ވުޒާރާގެ ހުއްދަ ހޯދައިގެން ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.

ޕީސީބީ އިން ބުނީ، އެ ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން ޢަަމަލުކުރުމަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމްކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގާނޫނަށް އަހުލުވެރި އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފި

55

ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް ހަލީމް، ބީސީސީގެ ޗެއާޕާސަން ކަމަށް ޝަހީދު

jameel usman ju

އެމްއޭސީއެލްގެ ބޯޑަށް ޖަމީލް އައްޔަންކޮށްފި

112

ސަރުކާރު ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު މާހިރު

TTH_advertisement