ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހަދަނީ

Mm

ޕެންޝަން ފައިސާއިން އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މި މައްސަލައަކަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވެވީ މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އާންމު ރައްޔިތުން ވަނީ މިހާރު ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭނެ ގޮތްތަކާއިމެދު އޮތް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފަ އެވެ. އެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު އެމަނިކުފާނު ވަނީ އެކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަވާފަ އެވެ.

ވިދާޅުވީ ލަސްތަކެއް ނުވެ އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން ބައެއް ޚާއްޞަ ޙާލަތްތަކުގައި އެ ފަންޑުން އިތުރު ކަންކަމަށް ފައިސާ ބޭނުންކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ހާއްސަ ހާލަތުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް. އެ ހާއްސަ ހާލަތު ދެން ބަޔާން ކުރެވޭނެ. އެހެންވީމަ މިހާރަށް ވުރެ ގިނަ ފުރުސަތުތައް އެ މީހާގެ ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށައަޅަން,” ރައީސް

ޕެންޝަން ފައިސާ ބޭނުންކުރެވޭ އިތުރު ޙާލަތައް ހިމަނަން ރައްޔިތުން އެދޭތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް މި ސަރުކާރުން ނޫނީ އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ