ކުއްލި ޚަބަރު

ދިވެހި ތަރިކައިގެ ބައެއް ނަކަލު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑު ޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެ

ޕާކިސްތާނު މީހަކު ރާއްޖެ ގެނައި ޑްރަގާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށް

ޒަކާތު ޤާނޫނަކީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ހަރުދަނާ ޤާނޫނެއް : ޑރ. ޝަހީމް

Dr shaheem

ދިވެހިރާއްޖޭގެ “ޒަކާތު ޤާނޫނު”އަކީ، ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހަރުދަނާ ޤާނޫނެއް ކަމަށާއި، މިއީ އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވާނެ ފުރިހަމަ ޤާނޫނެއް ކަމަށް އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް “ޒަކާތުގެ ޤާނޫނު” އެއް މިވަނީ ތަސްދީޤުކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، މި މަސައްކަތަށް ޤާނޫނީ ޙައިސިއްޔަތު ލިބުމަކީ ނިޒާމު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި “ޒަކާތު ހައުސް” ދެން ހިނގަމުންދާނީ މި ޤާނޫގެ ދަށުންނެވެ. 1 ޖެނުއަރީއިން ފެށިގެން ޤާނޫނު ތަންފީޒުކުރަން ފަށާނެއެވެ.

ވަޒީރު ވިދާޅުވީ، އެންމެ ބޮޑު ކުރިއެރުމަކީ މި ނިޒާމަކީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ނިޒާމަކަށް ވެގެން ދިއުން ކަމަށެވެ. މި ޤާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގައި ވަކި އެކައުންޓެއްވެސް ވަނީ ކަނޑައަޅާފައެވެ.

“ވަރަށް މުހިންމު މުވައްސަސާއަކަށް މި އިތުބާރު ލިބެނީ. އޮޑިޓްކުރާނެ، ހިސާބުކިތާބު އާއްމުކުރާން ޤާނޫނުން ލާޒިމުވީ. ޒަކާތުގެ ފައިސާ ޚަރަދުކުރަނީ، ދެފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރާނެ. ޖަވާބުދާރީ ކުރެވޭނެ.” ވަޒީރު ޑރ.ޝަހީމް

ވަޒީރު ވިދާޅުވީ، ޤާނޫނު އެކުލަވާލުމުގައި އިސްލާމީ ފަހުގެ ދިރާސާތަކާއި އަދި ޒަކާތުގެ ކާމިޔާބު ނިޒާމުތައް ތަންފީޒު ކުރަމުންދާ އިސްލާމީ ޤައުމުތަކުގެ ނިޒާމުތަކަށްވެސް ބަލާފައިވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ، މި ޤާނޫނުގައި ޒަކާތާ ގުޅޭ ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނާފައިވާ ކަމަށާއި މިއީ ވަރަށް ވަށައިޖެހޭ ފުރިހަމަ ޤާނޫނެއް ކަމަށެވެ.

” ޤާނޫނުގައި އެބަހުރި މުދަލު ޒަކާތުގެ ވާހަކަ ވަރަށް ތަފްސީލީކޮށް. ޒަކާތް ނެރެންޖެހޭ މުދަލާ ޒަކާތް ނެރެން ނުޖެހޭ މުދާ. ޖަމިއްޔާތަކާއި ޚައިރާތު ފަންޑުތައް ފަދަ އާއްމުންގެ މަސްލަޙަތު އޮންނަ ކަންކަމުން ނުޖެހޭނެ ޒަކާތް ނެރޭކަށް. މިކަންކަން ހިމަނާފައި ހުރީމަ ވަރަށް ފަސޭހަވޭ އެބަ ރައްޔިތުންނަށް.” ވަޒީރު ވިދާޅުވިއެވެ.

ޤާނޫނުގެ ދަށުން ކައުންސިލަކާއި އަދި ޝަރީޢާ ކޮމިޓީއެއްވެސް އުފައްދަން ޖެހެއެވެ. ވަޒީރު ވިދާޅުވީ، ޤާނޫނުގައި ބަޔާން ކުރާ ބައެއް މުހިންމު އުސޫލުތައް 5 މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ އާއްމު ކުރާނެ ކަމަށެވެ.

މި ޤާނޫނުގައި، ޒަކާތު ފަންޑުން ހޭދަކުރުމާ ގުޅޭ ކަންކަންވެސް ތަފްސީލް ކޮށްފައިވެއެވެ.

ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. މިމަސައްކަތްތަކުގެ ސަބަބުން މި ވޭތުވެދިޔަ ދެ އަހަރަކީ، އެންމެ ގިނަ އަދަދަކުން ޒަކާތުގެ ފައިސާ ލިބުނު ދެ އަހަރެވެ. މިދިޔަ އަހަރު އެކަނިވެސް ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަކާތުގެ ފުރަތަމަ ޤާނޫނު މަޖިލީހުން ފާސްކޮށްފި

Dr shaheem

ދިއްދޫ އިސްލާމީ މަރުކަޒުގައި މިއަދު އިމާމުވެ ހުކުރު ކުރައްވާނީ ޑރ. ޝަހީމު

ޑރ. ޝަހީމް ރަސްމީ ދަތުރުފުޅެއްގައި ސަޢުދީއަށް

gedoru veriya

ޑައުން ޕޭމަންޓް ނުދެއްކިތިބި ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ފައިސާ ދައްކައިދެނީ

TTH_advertisement