ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ބަރްޣޫތީއަށް އަނެއްކާވެސް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ކުރުން: އާއިލާއިން ބުނަނީ އިސްރާއީލުން އުޅެނީ އޭނާ އަވަހާރަކޮށްލަން ކަމަށް

މަރްވާން ބަރްޣޫތީ އިސްރާއީލުގެ ކޯޓަކަށް ހާޟިރުކޮށްފައި:

ފަލަސްތީނުގައި ވެރިކަން ކުރާ ފަތުހު ޖަމާއަތުގެ އިސް ލީޑަރު އަދި ފަލަސްތީނުގެ މަގްބޫލް ސިޔާސީ ލީޑަރެއް ކަމަށްވާ މަރްވާން ބަރްޣޫތީއަށް އިސްރާއީލުގެ ޖަލުގައި އަނެއްކާވެސް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ކޮށްފި ކަމަށް، އޭނާގެ ދަރިކަލުން ޤައްސާމް ބަރްޣޫތީ ބުނެފިއެވެ.

ޤައްސާމް ބަރްގޫތީ ވިދާޅުވީ، އިސްރާއީލުގެ ޖަލު ގާޑުން އޭނާގެ ބައްޕައަށް ޖިސްމާނީ ބޮޑެތި އެތައް އަނިޔާތަކެއް އަނެއްކާވެސް ކޮށްފިކަމުގެ މަޢުލޫމާތު އޭނާއަށް ލިބުނީ އިސްރާއީލުން މިނިވަން ކުރި ފަލަސްތީނު ގައިދީއަކަށް އިސްރާއީލު މީހަކު ފޯނުކޮށް އެ ވާހަކަ ބުނުމުން ކަމަށެވެ.

އެގޮތުން، އޭނާގެ ބައްޕަގެ އަށިކަށީގެ ކަށިތައް ބިންދައި، އަނގައިގެން ދަތްތަކެއްވެސް ބިންދާލާފައިވާ ކަމަށާއި، ކަންފަތުން ބައެއްވެސް ބުރިކޮށްލާފައިވާ ކަމަށް، ޤައްސާމް ބަރްޣޫތީ ބުނެފައި ވެއެވެ.

އިސްރާއީލުގެ ޖަލު ގާޑުން އެކަން ކޮށްފައިވަނީ އެމީހުންގެ “މުނިފޫހިފިލުވަން” ކަމަށާއި، އަދި އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާއަށްވެސް ލާފައި ފަހުން ޑިލީޓް ކޮށްލާފައިވާ ކަމަށް، ޓައިމްސް އޮފް އިޒްރޭލްއިން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، މަރްވާން ބަރްޣޫތީއަށް އަނިޔާކުރާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި، އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްރާއީލު ސަރުކާރު ފުރިހަމައަށް ޒިންމާވާން ޖެހޭނޭ ކަމަށެވެ.

އިސްރާއީލުން މަރްވާން ބަރްޣޫތީއަށް ބޮޑެތި އަނިޔާތައް ކުރާތީ އޭނާގެ ފުރާނައަށް އެކަމުގެ ނުރައްކާ ވަމުންދާ ކަމަށް ބުނެ މަރްވާން ބަރްގޫތީ މިނިވަން ކުރުމަށް ގޮވާލައި އާއިލާއިން މިހާރު ގެންދަނީ ކެމްޕެއިންވެސް ކުރަމުންނެވެ.

މަރްވާން ބަރްޣޫތީގެ ދަރިފުޅު ބުނެފައިވަނީ، އިސްރާއީލުން މިހާރު ބޭނުންވަނީ ތަޅައި ބޮޑެތި އަނިޔާކޮށްގެން އޭނާގެ ބައްޕަ މަރާލުމަށް ނުވަތަ އޭނާގެ ބައްޕައަކީ ދާއިމަށް ނުކުޅެދޭ މީހަކަށް ހަދާލުމަށް ކަމަށެވެ. އޭގެ ބޭނުމަކީ، ފަލަސްތީނުގެ ސިޔާސީ އެއްވެސް ކަމެއްގައި އުޅެން ފުރުސަތު ނުދިނުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 2023 ވަނަ އަހަރު ހަނގުރާމަ ފެށިފަހުން، ހަމާސްއާއެކު ހަމަލާތައް ހުއްޓާލުމަށް އެއްބަސް ވެވުނު ހުރިހާ ފަހަރުތަކެއްގައިވެސް، އިސްރާއީލުގެ ޖަލުތަކުން މިނިވަންކުރަން ހަމާސްއިން ހުށަހެޅި ލިސްޓުތަކުގައި މަރްވާން ބަރްޣޫތީ ހިމެނިފައި ވެއެވެ. ނަމަވެސް، ކޮންމެ ފަހަރަކު އިސްރާއީލުން އެކަމާ ދެކޮޅު ހަދައެވެ.

އެންމެފަހުން ހެދި އެއްބަސްވުމުގައިވެސް ހަމާސްއިން ހުށަހެޅި ލިސްޓުގައި މަރްވާން ބަރްޣޫތީ ހިމެނިއެވެ. ނަމަވެސް، އިސްރާއީލުން އެނަން ލިސްޓުން އުނިކުރީއެވެ.

ހަނގުރާމަ ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ އިސްރާއީލުން މަރްވާން ބަރްޣޫތީއަށް ހަތަރު ފަހަރެއްގެމަތިން ޖަލުގައި ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށް، ޖަލުން މިނިވަން ކުރެވުނު ފަލަސްތީނު ގައިދީންނާ ހަވާލާދީ އެނާގެ ދަރިފުޅު ކުރިން ބުނެފައި ވެއެވެ.

ބައިނަލްއަގްވާމީ އެއްވެސް ފަރާތަކުން މަރްވާން ބަރްޣޫތީއަށް ޒިޔާރަތްކުރަން އިސްރާއީލުން ފުރުސަތެއް ނުދެއެވެ. އާއިލާ މީހަކުވެސް ޒިޔާރަތްކުރަން ފުރުސަތު ނުދޭތާ ތިން އަހަރު ވެއްޖެއެވެ.

އިސްތިއުމާރީ އިސްރާއީލުން މަރްވާން ބަރްޣޫތީ ޖަލަށް ލައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ.

މަރްވާން ބަރްޣޫތީއަކީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ލޯބިވާ ލީޑަރެކެވެ.

ރައީސް ޔާސިރު އަރަފާތަށްފަހު ފަލަސްތީނުގެ ވެރިކަމަށް ވަޑައިގަންނަވާނީވެސް މަރްވާން ބަރްޣޫތީ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ.

ނަމަވެސް، ޔާސިރު އަރަފާތު އަވަހާރަވުމުންވެސް އިސްރާއީލުން އޭނާ ޖަލުން ދުލެއް ނުކުރިއެވެ.

މަރްވާން ބަރްޣޫތީ މިހާރުވެސް ބެލެވިފައިވަނީ މުޅި ފަލަސްތީނު އެއްބައިވަންތަ ކުރުވާނެ ލީޑަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement