ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ބޭނުންފުޅުވާ ކޮންމެ އެއްޗެއްވެސް ވިދާޅުވާންވީ: ރައީސް

Large thumb 1764872480307

އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާ ކުރެއްވުމުގައި ރައްޔިތުން ބޭނުންވާ ކޮންމެ ހިޔާލެއް ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާއި، އެމަނިކުފާނާމެދު ނުރުހޭ ފަރާތްތަކުގެ އަޑު އެއްސެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ގާތުން، އެ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ތެރެއިން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސްތައް އަޑުއެއްސެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތެއްގެ އިހުސާސްތައް ހިއްސާކޮށް، ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އެމަނިކުފާނު ދެއްވާނެ ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ ވެރިންނާ ސުވާލުކޮށް، އިހުސާސްތައް ހިއްސާކުރުމުގެ ފުރުސަތަކީ ކުރިން ރައްޔިތުންނަށް ލިބިފައިވާ ފުރުސަތަކަށްނުވާތީ އެ ފުރުސަތު ލިބުމުން ހުރިހާ ރައްޔިތުންވެސް އެ ފުރުސަތުގެ ބޭނުންކުރަން ބޭނުންވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި ގާތުން މަސައްކަތްކުރެއްވުންކަން ފާހަގަކުރައްވަައި އެމަނިކުފާނު ވިދާޅުވީ ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުން ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންގެންދަވާނެ ކަމަށެވެ

“މި ބައްދަލުވުންތައް މިބާއްވަނީ ހުރިހާ ވާހަކަތަކެއްވެސް ހިއްސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން. އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑުނުވޭ އަޅުގަނޑާ ހިޔާލު ތަފާތުވާ ބޭފުޅަކު އެއްޗެއް ވިދާޅުވެގެން. އަޅުގަނޑު މަރުހަބާ ކިޔަން އެގޮތަށް ވާހަކަދައްކަވަން. ބޭނުންފުޅުވާ ކޮންމެ އެއްޗެއްވެސް ވިދާޅުވާންވީ،” ރައީސް

އަދި ހިޔާލު ފާޅުކުރާ ރައްޔިތުންގެ ސިޔާސީ ފިކުރަށް ނުވަތަ އެނޫންވެސް ކަމަކަށް ނުބައްލަވައި އެމަނިކުފާނު ހުރިހާ ބޭފުޅުންގެ އަޑުއައްސަވާނެ ކަމުގައި ވިދާޅުވުމާއެކު، ރައީސް ފާހަގަކުރެއްވީ އެއިން ކޮންމެ ބޭފުޅެއްގެ ކަންބޮޑުވުމަށްވެސް ހައްލުތަކެއް ހޯއްދަވައިދެއްވަން ކަމަށެވެ. އަދި އެމަނިކުފާނު ހުރިހާ ރައްޔިތުންގެ ހިޔާލުތަކާއި އިހުސާސްތަކަށްވެސް އިހުތިރާމުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

449352 f9826891 4

ދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކޭނެ ގޮތް ހަދައިފި

ޤަތަރުގެ އަމީރާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދޭނަން: ރައީސް

ތިލަފުށީގައިވެސް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށާނީ

TTH_advertisement