ކުއްލި ޚަބަރު

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން މެސެޖުކުރާތީ ސަމާލުވާން އެދިއްޖެ

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހިޔާވަހި ލޯނަށް ލުއިގޮތްތަކެއް ރައީސް ހަމަޖައްސަވައިދެއްވައިފި

Mm

ގެދޮރު އިމާރާތްކުރަން ސަރުކާރާއި ގައުމީ ބޭންކު، ބީއެމްއެލް ގުޅިގެން ދޫކުރާ ހިޔާވަހި ލޯނާ ގުޅިގެން ރައްޔިތުން ހިއްސާކުރި ކަންބޮޑުވުންތައް އަޑުއައްސަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވައިފިއެވެ.

ހިޔާވަހި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ޝަރުތުތައް މިހާރު އޮތްގޮތުން ގިނަ ބަޔަކު އެ ލޯނަށް ޝަރުތުހަމައެއް ނުވެއެވެ. މިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން އާންމު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ދަތިކަމަކަށްވެފައެވެ.

މާފަންނު ރައްޔިތުންނާ މިރޭ ރައީސް ބައްދަލުކުރެއްވުމުން ވެސް ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އެކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ ހިޔާވަހި ލޯނުގެ ދެވަނަ ބުރަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ލޯނުގެ ދެވަނަ ބުރަށް ހުޅުވާލާއިރު، ލޯނަށް ޝަރުތުހަމަވާނެ ލުއި ގޮތްތަކެއް ކަނޑައަޅާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެއެވެ. މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ރައްޔިތުން ސަރުކާރާ މެދު ނުރެހޭ ކަމެއްވާނަމަ އެކަމެއް ތަފްސީލުކޮށް އެމަނިކުފާނާ ހިއްސާކުރެއްވުމަށް ފުރުސަތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

447375 dd2bd61a a

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި

447366 e345f589 9

އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ: ރައީސް

447367 fb5c0185 a

ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން: ރައީސް

Mm

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން މިނިވަންނުކުރެވޭނެ: ރައީސް

TTH_advertisement