ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން މިނިވަންނުކުރެވޭނެ: ރައީސް

Mm

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން މިނިވަންކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްވުމުގެ މައްސަލަ ނުވަތަ ވާނުވާ ބަންދުގެ މައްސަލަ ކުރިން އޮތީ “ވާނުވާ”ގައި ކަމަށެވެ. އެ ފަދަ ބައެއް މައްސަލަތައް ނިމޭނެ ދުވަހެއް އެ ކަންކަމުގައި ޝާމިލުވާ މީހުންނަށް ވެސް މިހާތަނަށް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަން އެހެންދިމާވީ ކޯޓްތަކުގައި ޝަރީއަތް ހިންގޭނެ ވަސީލަތްތައް ގާއިމްކުރެވިފައިނެތުމުން ކަމަށާއި މި ސަރުކާރުން އެފަދަ ވަސީލަތްތައް ގާއިމްކޮށްދީ ޝަރީއަތް ހިންގުމަށް ފަނޑިޔާރުންނަށް ފަސޭހަކޮށްދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިރޭ ވަނީ މިހާތަނަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މައްސަލަތަކާއި ބަންދުކޮށްފައި ތިބި މީހުންގެ އަދަދު ހާމަކުރައްވާފައެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މައްސަލަތައް

  • މީހުން މެރިކަމުގެ ތުހުމަތުކުރެވޭ 29 މީހަކު
  • ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހަކު
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 117 މީހަކު
  • މާރާމާރީގެ މައްސަލަތަކުގައި 70 މީހުން
  • ޑުރަގް ޓްރެފިކިން މައްސަލަތަކުގައި 116 މީހުން

މި ނަންބަރުތައް ހިއްސާކުރެއްވުމަށްފަހު ދިވެހި ރައްޔިތުންނާ އެމަނިކުފާނު ކޮށްލެއްވީ ސުވާލެކެވެ. އެއީ ފަސް މިނެޓުން އެ ހުރިހާ އެންމެން މުޖުތަމައުގެ ތެރެއަށް ދޫކޮށްލަން ރައްޔިތުން ބޭނުންތޯއެވެ.

“ފަސް މިނެޓެއް ނޫން، އެއް ސިކުންތުގައި ދޫކޮށްލެވޭނޭ ވިދާޅުވިޔަސް، އަޅުގަނޑެއް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގައިފައި ހުރި މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމް ހިންގައިފައިހުރި މީހެއް، މާރާމާރީ ނުވަތަ މަރުވާ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑެއް، އަޅުގަނޑު ހިތުން އަޅުގަނޑުގެ ހައްގެއް ނޫން، އަޅުގަނޑަކަށް ލިބިފައި އޮތް ފުރުސަތެއް ވެސް ނޫން، އަޅުގަނޑު ކޮށްގެން ވާނެ ވެސް ކަމެއް ނޫން އެއީކީ. އެހެންވީމާ އެ ކަން ނުވަނީ،” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

449352 f9826891 4

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

427492 863d11aa 3

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

448896 e0cf2932 0

ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

Ii

މިހާތަނަށް 52 މަސާޖު ޕާލާ ވަނީ ބަންދުކޮށްފައި: ރައީސް

TTH_advertisement