ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި

MPL

ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދެ މުވައްޒަފަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދައުވާ ކުރަން ފޮނުވާފައިވަނީ ޕޯޓް ކްލިއަރެންސްގައި މަސައްކަތް ކުރާ އެމްއެފްޑީއޭގެ ފީލްޑް އޮފިސަރުންތަކަކަށް ކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް މިއޮފިސަރުންގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ކްލިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ދަފްތަރު ރސ 9244، އަޙްމަދު ހާޝިމްއާއި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށެވެ. މި ދެ މުވައްޒަފުންނަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ހާޝިމާއި އަޙްމަދު ޒާހިރުގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ ކަމަށެވެ. މި ދައުވާތަކުގެ އަދަބަކީ ކޮންމެ ދަޢުވާއަކަށް 4 މަހާއި 24 ދުވަހެވެ. އެހެންކަމުން 3 ދައުވާވެސް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ހުކުމެއް އަންނާނެއެވެ.

ދައުވާލިބޭ މީހުންގެ ފަރާތުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ވަނީ ހުށަހަޅާފައެވެ. ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުން ނަގާ ފީ 50 އިންސައްތަ ކުޑަކޮށްދީފި

990

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

Adheel

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

health ministry

ބޭސް ގަންނައިރު ފާމަސީއާއި ފާމަސިސްޓުންގެ ހުއްދަ އޮތްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފި

TTH_advertisement