ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެލްތު ސެޓެފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން އެމްއެފްޑީއޭ ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފި

990

ހެލްތު ސެޓެފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެމްއެފްޑީއޭގެ ދެ ފީލްޑު އޮފިސަރުން ކަމަށްވާ ދަފްތަރު ރސ 9244، އަހުމަދު ހާޝިމް، އަދި ގދ. ތިނަދޫ، ޢަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށް ކަމަށެވެ.

މި ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ތިން ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް 14 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕީޖީއިން ކޮށްފައިވާ ދައުވާގައި މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި ކަނޑުމަގުންނާއި ވައިގެ މަގުން ކާބޯތަކެތީގެ ޝިޕްމަންޓުތަކެއް އެތެރެކުރަން ކްލިއަރެންސް ހުއްދަ ދިން ކަމަށެވެ.

ދައުވާ ކުރުމުގެ ކުރިން މި ދެ މީހުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ހުށަހެޅިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ ހުށަހެޅުން ބަލައިނުގަންނަން ނިންމާފައެވެ.

އެގޮތަށް ނިންމި ސަބަބަކީ އެ ދެ މީހުން ކުރި ކުށަކީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި އެކަން ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް އެ ދެ މީހުން އަމަލުކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހިމްް އަހުމަދު 11 މަހަށް ޖަލަށްލާން ހުކުމްކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

990

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި