ކުއްލި ޚަބަރު

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ސައުދީއަށް ވަޑައިގެންފި

އިންތިހާބު އިންސާފުވެރިނުވާނެ ކަަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރުމަތިލެއްވި އިކްރާމް ނަން ނަގައިފި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

ސްރީ ލަންކާ އަށް އެރި ތޫފާން “ދީތުވާގެ” ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖެއިން ދޭން ނިންމި 25،000 މަސްދަޅު ކޭސް ހިފައިގެން ފުރައިފިއެވެ.

އެސްޓީއޯއިން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، 25،000 ކޭސް މަސްދަޅު ހިފައިގެން ލަންކާއަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ފުރީ ރޭ ދަންވަރު 12:30 ގައި ކަމަށެވެ. ބޯޓު ފުރީ 14 ކޮންޓެއިނަރުގައި ބަރުކޮށްގެން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ތޫފާނުގައި އެތައް ގެއްލުމެއް ވި ލަންކާއަށް އެހީގެ ގޮތުގައި މަސްދަޅު ކޭސްތައް ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމީ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. އެދުވަހު ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނީ 25،000 މަސްދަޅު ކޭހާއި 50،000 ޑޮލަރު ލަންކާއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މި ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ.

މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ދިވެހި ސަރުކާރުން ލަންކާއަށް ވެދިން އެހީތެރިކަމުގެ އިތުރުން، ސަރުކާރާއި މީޑިއާތައް ގުޅިގެން “ސިލޯނާއެކު ދިވެހީން” ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނުގައި 12.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެލެތޯނަށް ބޮޑު ތަރުޙީބެއް ލިބުނުއިރު، ވިޔަފާރިވެރިންނާއި، އޮފީސްތަކާއި، ޖަމިއްޔާތަކާއި އެކި ފަންތީގެ އަމިއްލަ ފަރުދުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.

ތޫފާން “ދީތުވާ” ގައި ލަންކާގެ 22 އަވަށަކަށް އަސަރުކޮށްފައިވާކަން އެޤައުމުން ވަނީ އިޢުލާނުކޮށްފައެވެ. ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި މިހާތަނަށް 465 މީހަކު މަރުވެފައިވާކަން އެޤައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައިވާއިރު 366 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި

ކުރިއަށް އޮތް ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ: ސައީދު

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި

Big gelqcbsqoju8crpj9hmjl4oo0

އެސްޓީއޯ ރަމަޟާން ބާޒާރުގެ ބޮޑު އިނާމަކަށް 100،000 ރުފިޔާ

TTH_advertisement