ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އިއްޔެ ބާއްވައިފި އެވެ.

މި ޖަލްސާގައި ކުންފުނީގެ މިދިޔަ އަހަރުގެ މުހިންމު ކާމިޔާބީތަކާއި، ކުރިއަށް އޮތް ތަނަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ.

އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުންފުނީގެ ހިއްސާދާރުންނަށް 2024 ވަނަ އަހަރުގެ އުސްއަލިތަކާއި ހޯދާފައިވާ ކުރިއެރުންތައް ހުށަހެޅުމެވެ. މި ޖަލްސާގައި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރަސްމީކޮށް ނެރެފައިވާއިރު، މުސްތަޤުބަލުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުތައްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ސްޓެލްކޯގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން، މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުމުގެ ދިރާސާތައް ކުރުމަށާއި އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ. މި މަޝްރޫއުތަކަކީ މެދުތެރޭ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެކެވެ.

Image

ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން 1545 ގެ ޚިދުމަތް ތައާރަފުކޮށްފަ އެވެ. އަދި އާ އުފެއްދުންތަކަށް ތަޖުރިބާކުރުމުގެ ގޮތުން، ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމުގެ ދިރާސާ މަޝްރޫއެއްވެސް މިދިޔަ އަހަރު ފަށާފައިވާކަން ވެސް މި ޖަލްސާގައި ފާހަގަކުރެވުނެވެ.

ސްޓެލްކޯއިން މިދިޔަ އަހަރު ހިންގާފައިވާ މިފަދަ ބޮޑެތި މަޝްރޫއުތަކާއި، ތައާރަފުކޮށްފައިވާ އާ ޚިދުމަތްތަކުން ދައްކުވައިދެނީ ކުންފުނި ކުރިއެރުވުމަށް އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ދެމުންދާ ސަމާލުކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި