ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ވަޑައިގެންފި

Ii

ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެން އެ ގައުމުގެ ކަނޑުގެ ސިފައިންގެ އިސްވެރިޔާ އާއި ބައްދަލުކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހިލްމީ، ލަންކާގެ ނޭވީގެ ޗީފް ރިއާ އެޑްމިރަލް ޑޭމިއަން ފަނާންޑޯ އާއި އެ ގައުމުގެ ނޭވީގެ މައި އިދާރާގައި ބައްދަލުކުރީ އިއްޔެ ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރި ކަމަށް އެމްއެންޑީ

ލަންކާ ނޭވީ ގެ ވެބްސައިޓުގައި ބުނި ގޮތުގައި ބައްދަލުވުމުގެ ކުރިން އެ ގައުމުގެ ސިފައިން ވަނީ ހިލްމީގެ ޝަރަފުގައި ގާޑް އޮފް އޮނާ އެއް އަރުވާފަ އެވެ. ލަންކާގެ އަސްކަރިއްޔާ އިން ވެސް ބުނީ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.

ހިލްމީ ލަންކާއަށް ވަޑައިގެންނެވިއިރު، ދިވެހި ކޯސްޓުގާޑުގެ އުޅަނދު ހުރަވީ އޮތީ އެ ގައުމުގަ އެވެ. ލަންކާގެ ނޭވީއަށް 75 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރަވީ އިން ލަންކާއަށް ކުރި މި ދަތުރަކީ އެ އުޅަނދު ބޭރު ގައުމަކަށް ކުރި ފުރަތަމަ ދަތުރެވެ. މިއީ ދިވެހި ސިފައިންގެ ތާރީހުގައި ވެސް ކުރި މިފަދަ ފުރަތަމަ ދަތުރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ލަންކާ ނޭވީގެ އަހަރީ ދުވަހާއި ގުޅިގެން ނޮވެމްބަރު 30، ގައި ބޭއްވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދިޔައީ، ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި