ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ “ކަށަވަރު ޕްރޮމޯ 2025″ އިފްތިތާހުކޮށްފިއެވެ.

ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި މި ޕްރޮމޯ ފައްޓަވައިދެއްވީ އެމްޓީސީސީގެ ޗީފް އޮޕަރޭޓީންގ އޮފިސަރ (ސީއޯއޯ)، ސިނާން އަލީއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮމޯގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ސުޒުކީ ޑީއެފް 9.9 ގެ އިންޖީނަކާއި ހަދިޔާ ޕެކޭޖެއް ލިބިގެންދާނެކަމަށެވެ. “ކަށަވަރު ޕްރޮމޯ 2025″ އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ނޫސް ބަޔާނުގައި އިތުރަށް ބުނީ މި ޕްރޮމޯޝަންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތްތައް ވަނީ ރާވާފައިވާ ކަމަށެވެ.

އެގޮތުން ގއ. ގދ. އަދި ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި، ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑް ތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މި ހަރަކާތްތަކުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި

  • ސުޒުކީ އަދި ޔަންމާ އިންޖީން
  • ޕީޕީޖީ، ކާސްޓްރޯލް
  • އިންޑަސްޓްރިއަލް ގޭސް
  • ސްޕެއާރ ޕާރޓްސް
  • މެރޯލް ސްޓީއަރިންގ ސިސްޓަމް
  • އަދި ނަކަޝީމާ ޕްރޮޕެލަރ ހިމެނެއެވެ.

އެމްޓީސީސީން ބުނީ ކޮންމެ އަހަރަކުވެސް މިފަދަ ޕްރޮމޯޝަންތައް ބޭއްވުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައްވެސް އެކި ކަންކޮޅުތަކުގައި މި ކުންފުނިން ދަނީ ހިންގަމުންނެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު 1 ފެށިގެން ޑިސެމްބަރ 31 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން