ކުއްލި ޚަބަރު

މާލޭގެ ބާޒާރުމަތީގައި އެސްޓީއޯގެ އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

ވިލާ ގްރޫޕުން ލަންކާގެ ރައްޔިތުންނަށް 100،000 ޑޮލަރު ހަދިޔާކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފި

ސިލޯނާއެކު ދިވެހީން: އައިއޭސީ 5 ލައްކަ ރުފިޔާ، މިހާތަނަށް އެންމެ ބޮޑު ފައިސާގެ އެހީ

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން 5 ލައްކަ ރުފިޔާގެ އެހީއެއް ފޯރުކޮށްދީފައެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް އައިއޭސީއިން ހަދިޔާ ކުރި 5 ލައްކަ ރުފިޔާއަކީ، މި ޓެލެތޯންގެ ތެރެއިން މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. ދެވަނައަށް އެންމެ ބޮޑު އެހީއެއް ހަދިޔާކުރީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުންނެވެ. އެއީ 300،000 ރުފިޔާއެވެ.

އައިއޭސީގެ ރަމްޒީ ޗެކާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީން ރަޝީދު ވަނީ އެ ޖަމުއިއްޔާއިން ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ލަންކާގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށްވެސް ލިބޭނެ އުފަލެއްކަން ފާހަގަކުރެއްވިއެވެ.

އައިއޭސީން ބުނީ ލަންކާއަށް އެހީތެރިވުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްގެންދާކަމަށެވެ. އަދި ޕީއެސްއެމްއިން އިސްނަގައިގެން ފެށި ޓެލެތޯންއަކީ މިކަމަށް ލިބުނު ބޮޑު އެހީއެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. އަދި އުއްމީދަކީ ޓެލެތޯންގެ ޒަރިއްޔާއިން ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެވިގެން ދިއުންކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެެއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 5 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިލޯނާއެކު ދިވެހީން: ފުލުހުންގެ ފަރާތުން 2.4 މިލިޔަން ރުފިޔާ

“ސިލޯނާއެކު ދިވެހީން” ޓެލެތޯންއިން މިހާތަނަށް 5.4 މިލިއަން ރުފިޔާ ޖަމާކޮށްފި

Big la11rfgybnp1p3wkbvjtjoqnw

ސިލޯނާއެކު ދިވެހީން: އެސްޓީއޯއިން 250,000 ރުފިޔާ

TTH_advertisement