ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

ލަންކާއަށް އެހީވުމަށް ސްޓެލްކޯ އިން 250،000 ރުފިޔާ

B 202512010105321764533132.8318

ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯންގެ ފަންޑަށް ސްޓެލްކޯ އިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ޕީއެސްއެމުން އިސްނަގައިގެން ކުރިއަށްގެންދާ އެ ޓެލެތޯނަކީ ބާރުގަދަ ތޫފާނެއް ކަމުގައިވާ “ދިތުވާ” އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާ އެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެގައުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނެކެވެ.

އެ ޓެލެތޯންގެ ފަންޑަށް ސްޓެލްކޯ އިން ފޯރުކޮށްދޭ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ޝަރީފެވެ. އެހީ ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ސްޓެލްކޯގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވިއެވެ.

އެ ޓެލެތޯން ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައިވަނީ މިއަދު ހެނދުނު 9:00 އިން މިރޭ މެންދަމު 1:00 އާ ހަމައަށެވެ. ނަމަވެސް ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ މެންދުރު 2:00 އާ ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް މިހާރު ވަނީ ނިންމައިފައެވެ.

އެ ޓެލެތޯންގެ ފަންޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް އަދި ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޓެލެތޯންގެ ފަންޑަށް މިހާތަނަށް ވަނީ 3.8 މިލިއަން ރުފިޔާ އާއި 38،500 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ އޮތީ އިޝާނަމާދަށްފަހު

55

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

stelco

މާލެސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

TTH_advertisement