ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރުއާނުގެ އިލްމު ފެތުރުމަކީ ވަރަށް މަތިވެރިކަމެއް: ޑރ. ޝަހީމް

990

ކީރިތި ޤުރުއާނަށް ޚިދުމަތްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަކީ ވަރަށް މަތިވެރިކަމެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫ ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބޭއްވި ރަސްތަރި ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާނުގެ ނޫރު، ރަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ދިއްލާލުމަށް އިހަވަންދޫއިން ކުރަމުންދާ މަސައްކަތަކީ ޝުކުރާއި ތަޢުރީފް ހައްޤު މަސައްކަތްތަކެއްކަމަށެވެ. އިހަވަންދޫގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނަށް އޮންނަ ލޯބި ފެނިފައިވާކަމަށާއި އިހަވަންދޫއަކީ އެރަށަކާއި މެދު ވަރަށް ބޮޑު ލޯތްބަކާއި އިޙްތިރާމެއް އުފެދިފައިވާ ރަށެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޒާއަށް ރަށު ކައުންސިލާއި ރައްޔިތުން ކީ މަރުޙަބާއާއި ދެއްވި ޝަރަފް ފާހަގަކުރައްވާ ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެކަމުންވެސް ހާމަވެގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނާއިމެދު އޮތް އިޙްތިރާމްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ހއ. އަތޮޅުގެ ދެ ރަށަކަށް ކުރި ދަތުރުން ރީތިކޮށް ޤުރުއާން ކިޔަވާ އެތަކެއް ކުދިންނަކާއި އެތައް ޒުވާން ޚަޠީބުންނެއް ފެނިގެން ގޮސްފައިވާކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ އުޖާލާކަން މި ދަތުރުން ހާމަވެގެންދިޔަކަމަށެވެ.

އަދި މިއަދު އިސްލާމީ ދާއިރާއިން ދެކެމުންދާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ޤިޔާދަތުގައި ކީރިތި ޤުރުއާނަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަވާކަމަށާއި، މުޅި ރާއްޖޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަރަށް އަވަހަށް އިހަވަންދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވޭނެ ކަމުގެ އުފާވެރި ޚަބަރު އެ ރަށު ރައްޔިތުންނަށް ޝަހީމް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 14 at 21.28.29

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި