ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް ވާދަކުރައްވަނީ

Ii

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް، ނިންމަވައިފިއެވެ.

މީކާއީލް މިކަން ހާމަކުރެއްވީ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ މިހާރު މެންބަރުކަން ކުރައްވަމުން އެގެންދަވަނީ ދެވަނަ ދައުރަކަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ފައްޔާޒު އިސްތިއުފާދެއްވުމުން ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު ހަމަޖައްސަން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ކުރިއަށްގެންދެވޭގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު