ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ނުހޮވި، ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ

ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވަގުތީ ބޭފުޅަކު އައްޔަންކުރުމަށް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނަތީޖާއެއް ނުނެރެވި ނިންމާލަން ޖެހިއްޖެއެވެ.

މިރޭ ބޭއްވުނު މި ޖަލްސާގައި ޗެއާޕާސަންކަމަށް ދެ ނަމެއް ހުށަހެޅުނެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދުގެ ނަން ހުށަހެޅިއިރު، ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅީ ކުރީގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ނަމެވެ. ނަމަވެސް ޕާޓީގެ ލީގަލް ޓީމުން ލަފާ ދިނީ އަސާސީ ގަވާއިދު އޮތް ގޮތުން އަސްލަމަށް ކުރިމަތިނުލެއްވޭނެ ކަމަށެވެ. ސަބަބަކީ އޭނާއަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވާތީއެވެ.

އެއާއެކު އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އެހި ނަމަވެސް، ފާސްވާން ބޭނުންވާ 48 ވޯޓު ހަމަނުވެ 47 ވޯޓު ލިބި އެ ނަން ފެއިލްވީއެވެ. މި ނަތީޖާއާއެކު ޖަލްސާ ހޫނުވެ، ވަގުތީ ޗެއާޕާސަނެއް ނުހޮވި ބައްދަލުވުން މިރެ ވަނީ ނިންމާލަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު