ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ތިނަދު އާއި އުނގޫފާރުގައި ވެސް އިސްލާމީ ކުތުބުޚާނާއެއް ހުޅުވަނީ

Whatsapp image 2025 11 27 at 22.39.13

ގދ. ތިނަދު އާއި ރ. އުނގޫފާރުގެ އިސްލާމީ މަރުކަޒުގައި ވެސް އިސްލާމީ ލައިބްރަރީއެއް ހުޅުވުމަށް ވިސްނުންގެންގުޅުއްވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގެ ލައިބްރަރީ ހުޅުއްވައިދެއްވުމަށްފަހު މިއަދު ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ތިނަދު އާއި އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ގާއިމްކުރުމަކީ ވެސް އެތައް ގޮތަކުން ފައިދާކުރާނެ ކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ދިއްދޫގައި މިއަދު ހުޅުވުނީ މާލެއިން ބޭރުގައި ހުޅުވުނު ފުރަތަމަ އިސްލާމީ ކުތުބުޚާނާ ކަމަށާއި އެއީ ލިބޭ ޝަރަފެއް ކަމަށެވެ.

އެ ކުތުބުޚާނާއަށް އިތުރު ފޮތްތައް ގެންނަން މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އެތަނަށް އިތުރު ފޮތްތައް ހަދިޔާކުރުމުގެ ފުރުސަތު އެންމެހައި ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރު ޑރ. ޝަހީމް ވަނީ ކޮންމެ ހަފްތާއަކު ވެސް ސްކޫލް ދަރިވަރުން އެ ކުތުބުޚާނާއަށް ޒިޔާރަތްކޮށް ފޮތްތައް ކިޔުމަށް އެދިވަޑައިގެންފައެވެ. އަދި އެކަންކުރުމަށް ދަރިވަރުންނަށް ބާރުއަޅައިދިނުމަށް ބެލެނިވެރިންގެ ކިބައިން ޝަހީމް އެދިވަޑައިގަތެވެ.

މާލޭގައި ހުންނަ ކިންގް ސަލްމާން މިސްކިތުގައި ވެސް މި ސަރުކާރުން ވަނީ އިސްލާމީ ކުތުބުޚާނާއެއް ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

މި ރޯދަމަހު މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާނެކަމަށް

Ii

ޒަމާނީ ފެންވަރަށް އަލުން ތަރައްގީކޮށްފައިވާ ބަރުބަރީ މިސްކިތް ރޯދަޔަށް ހުޅުވަނީ

990

ޤުރުއާނުގެ އިލްމު ފެތުރުމަކީ ވަރަށް މަތިވެރިކަމެއް: ޑރ. ޝަހީމް

990

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

TTH_advertisement