ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދުގެ ހުކުރު ނަމާދުގެ ކުރިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވެލައްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުންނެވެ.

މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން މި މިސްކިތަށް ނަންދެއްވީ، ޝަހީދު ޢުމަރު އަޙްމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ހއ. ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކޮށްފައިވާ އިސްލާމީ މަރުކަޒެކެވެ. މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، އެއް ސެމިނަރ ރޫމް އަދި އިދާރީ އޮފީސް ބައެއް ހިމެނެއެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގައެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ވަނީ ހަރުކޮށްފައެވެ.

މި މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ހުޅުވާފައި މިވަނީ އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދެރަސޮރު
ރަނގަޅު މިސަރުކާރުގެ ދެއަހަރު ތެރޭ ނިންމާލީ އެހެންވެ

ގުޅުންހުރި

WhatsApp Image 2026 03 03 at 15.12.34

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

66

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި

ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި

WhatsApp Image 2026 01 24 at 19.23.29

ދިއްދޫ ފަޅުން 41 ހެކްޓަރުގެ ބިން ހިއްކާލީ އެންމެ 20 ދުވަހުން، މަސައްކަތް ދަނީ ބާރަށް ކުރިއަށް