ކުއްލި ޚަބަރު

އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ: ރައީސް

ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން: ރައީސް

ފެނަކަ ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއީލް ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރަކުރިކަމުގެ މައްސަލައެއް ސާބިތުވާކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުން މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް އޭނާ ސަސްޕެންޑްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ފެރިދޫ ކައުންސިލުގެ އިދާރީ މުވައްޒަފަކަށް ޝާހު ޖިންސީ ފުރައްސާރަކުރިކަން ސާބިތުވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައެވެ. އެ އިންކުއަރީއަށް ޝާހުއަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު އެލްޖީއޭއިން ވަނީ ދީފައެވެ.

އަދި އެ އިންކުއަރީގައި ފާހަގަވި ކަންކަން މިއަދު ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ. އެ އިންކުއަރީގައި ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ހެކިވެރިޔާގެ ހެކިބަހަށް ރިއާޔަތްކޮށް ބެލި އިރު، އެ މުވައްޒަފަށް ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އެ މުވައްޒަފާ މެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް ޝާހުގެ މައްޗަށް ވަނީ އަންގައި އަމުރުކޮށްފައެވެ.

އިންކުއަރީގައި ފާހަގަކޮށްފައިވާ ކަންކަން:

ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ “ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛” އެއީ ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވާ އިރު، ކައުންސިލުގައި ކައުންސިލުގެ ރައީސް އެފަދަ އަމަލުތަކެއް ހިންގުމަކީ ގާނޫނުން ކައުންސިލުގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއާ ޝާހު ހިލާފުވެފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވެފައިވާ ކަމަށް
ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ “ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން” ކަމާއި އަދި “ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން” ކަމަށް ބަޔާންކޮށްފައިވާ އިރު، ޝާހުގެ ކިބައިން ފެނިފައިވާ އަމަލުތައް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝާހު ގާނޫނުގެ އެ މާއްދާއާ ހިލާފުވެފައިވާކަމަށް

ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ “ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތްކުރުމާއި، އަދި އެއިން ކަމަކަށް ބުރޫއަރާ ފަދަ އަމަލުތަކާއި، ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން” ކަމަށް ބަޔާންކޮށްފައިވާ އިރު، ޝާހުގެ އަމަލުގެ ސަބަބުން ގާނޫނުގެ އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ޝާހު އަމަލުކޮށްފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވެފައިވާ ކަމަށް

އިންކުއަރީއަށް ޖަވާބުދާރީވުމަށް ދިން 30 ދުވަހުގެ މުއްދަތުގައި ޝާހުއަށް ދިން ފުރުސަތުގައި ދެއްވި ޖަވާބުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހެއްކާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ފާހަގަކުރިޔަސް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ނުކުރާ ކަމަށް
އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނާއި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ގާނޫނާ ޝާހު ހިލާފުވެފައިވާކަން އަދި ޝާހުގެ މި އަމަލުގެ ސަބަބުން ފެރިދޫ ކައުންސިލުގެ އެންމެހާ މުވައްޒަފުންނާއި އަދި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދެވޭ އަމަލެއްކަމަށް އިންކުއަރީއަށް ފާހަގަކުރެވޭތީއާއި މައްސަލައިގެ ބޮޑުމިނަށް ބަލައި މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް އޭނާ ސަސްޕެންޑުކުރުމަށް މިއަދު ބޭއްވި އެ އިދާރާގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

11

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްކަމުގައި ކަނޑައަޅައިފި

414215 9237509c 2

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި

minister adam shareef

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރަނީ

Whatsapp image 2025 06 25 at 10.24.55

މާލޭގައި ދިރިއުޅެމުން ތިނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނެގިކަން ހާމަވެއްޖެ

TTH_advertisement