ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަނީ

Ii

އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ސައިކަލު ޕާކިންއަށް ހާއްސަ ތަނަކާއި، ކޮމިއުނިޓީ ޕާކެއް ތަރައްގީކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލުމަށް ޕަބްލިކް ވޯކްސް އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

“އެ މުޅި ގޯއްޗަކީ 11،000 އަކަފޫޓުގެ ގޯއްޗެއް، އެތަނުގައި އެންމެ ބޮޑު ސަރަހައްދެއް ޕާކިންއަށް ބޭނުން ކުރުމަށް ކަނޑައެޅުމުގެ އިތުރަށް، ޕާކެއް، ކުޑަކުދިންނަށް ނޫނިއްޔާ ސްކޫލްތަކަށް އަންނަ ކުދިންނަށް ބެލެނެވެރިންނަށް ވެސް ބޭނުންކޮށްލެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި ބޭނުން ކޮށްލެވޭ ކަހަަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްގީ ކުރުން، ޕާކިން އާއި ކޮމިއުނިޓީ ޕާކަކަށް، ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ދެ ލެވެލްއަކަށް އަންނަ ކަހަލަ ތަރައްގީގެ މަޝްރޫއެއް ހިންގަން،”. ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ވަރަށް ބާރު ސްޕީޑްގައި އެ މަސައްކަތް ކުރިއަށްގެންގޮސް، އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ މަސައްކަތް ނިންމުން ކަމަށެެވެ.

“އެއީ މަގުތަކުގެ މައްސަލަތައް ކަމުގައިވިޔަސް، އަދި ތޮއްޖެހިފައި މި އޮތް އޮތުމަށް ރަނގަޅު ހައްލެއް ގެނައުމަށް ކުރަން ހުރި ކަންކަން ކަމުގައިވިޔަސް، އަދި ދެން ހުރި މައްސަލަތައް ކަމުގައިވިޔަސް،” ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

Mm

ރައީސް މުއިއްޒު މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

447375 dd2bd61a a

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި

447366 e345f589 9

އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ: ރައީސް

TTH_advertisement